Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޑެނީ އޮލްމޯ ހުރީ ބާސެލޯނާ ދޫކޮށްލާ ގޮތަކަށް ނޫން

2 ޖެނުއަރީ 2025 | ބުރާސްފަތި 05:48

ބާސެލޯނާ އަށް އޮލްމޯ ރަޖިސްޓްރީ ކުރެވިފައި ނުވާތީ، މިހާރު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި ކުލަބު ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖެނުއަރީ 2025 | ބުރާސްފަތި 05:48
ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެނީ އޮލްމޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެނީ އޮލްމޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ ހުރީ އެ ކުލަބު ދޫކޮށްލާ ގޮތަށް ނޫން ކަމަށް އޭނާގެ އެޖެންޓު އެންޑީ ބަރާ ބުނެފި އެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގް ދޫކޮށްލުމަށްފަހު އޮލްމޯ ބާސެލޯނާ އަށް ބަދަލުވީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ކުރިން ބާސެލޯނާގެ ޒުވާން އުމުރުފުރައިގެ ޓީމަށް ވެސް ކުޅެފައިވާ އޮލްމޯ ވަނީ ބާސެލޯނާ އާއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އަދި މިހާތަނަށް އޭނާ ވަނީ ބާސެލޯނާ އަށް 15 މެޗު ކުޅެދީފަ އެވެ.

ނަމަވެސް އޮލްމޯ ރަޖިސްޓްރީ ކުރުމުގައި ބާސެލޯނާ އަށް ވަނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޮލްމޯ ރަޖިސްޓްރީ ކުރުމަށް މިހާތަނަށް ބާސެލޯނާ އިން ދެ ފަހަރެއްގެ މަތިން ހުށަހަޅާފައިވާއިރު، އެ ދެ ފަހަރު ވެސް ވަނީ ބާސެލޯނާގެ ހުށަހެޅުން ބޭރުކޮށްލައިފަ އެވެ. ބާސެލޯނާ އިން އޮލްމޯ ގަތްއިރު ވެސް، އެ ކުލަބުގެ މާލީ ޙާލަތު ތަން ނުދޭތީ، އޮލްމޯ ރަޖިސްޓްރީ ކުރުމަށް ބާސެލޯނާ އަށް ވަނީ ހުސްވި ޑިސެމްބަރު މަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.

އެ މުއްދަތު ހަމަވީއިރު ވެސް، ބާސެލޯނާ އަށް އޮލްމޯ ރަޖިސްޓްރީ ކުރެވިފައި ނުވާތީ، މިހާރު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި ކުލަބު ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް އޮލްމޯގެ އެޖެންޓު ބުނެފައި ވަނީ އޮލްމޯ ނިންމީ ބާސެލޯނާގައި މަޑު ކުރަން ކަމަށެވެ. ސަބަބަކީ ބާސެލޯނާ އިން އޮލްމޯ ބަހައްޓަން ބޭނުންވުން ކަމަށް ވެސް އޭނާގެ އެޖެންޓު ވަނީ ބުނެފަ އެވެ. އޮލްމޯ ބޭނުން ވަނީ ބާސެލޯނާ އަށް ކުޅެންކަން ފާހަގަ ކުރަމުން އޭނާގެ އެޖެންޓު އިތުރަށް ބުނީ، އެހެން އެއްވެސް ކުލަބަކަށް ބަދަލުވާން މިވަގުތު ވިސްނަމުން ވެސް ނުދާ ކަމަށެވެ.

އޮލްމޯގެ ރަޖިސްޓްރޭޝަންގައި ބާސެލޯނާ އަށް ކާމިޔާބު ހޯދީފައިނުވާއިރު، މިހާރު އެކަން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން (އާރުއެފްއީއެފް) އަށް ހުށަހަޅާފައިވާ ކަމަށް ވެސް ބާސެލޯނާ އިން ވަނީ ހާމަކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް