Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ބަދަލު ހިފުން

މުއިއްޒު ސަރުކާރުގެ ކޮރަޕްޝަންގެ އަޑު ކަނޑުވާލަން ސިޔާސީ ބަދަލުހިފުމަކާ ދިމާލަށް!

ރައްޔިތުންގެ ޙައްޤުތަކަށް އިސްކަންދީ، ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ބަދަލުގައި، އަމިއްލަ މަޞްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތް ކުރަމުން ދިއުމުގެ ނަތީޖާއަކީ ރައްޔިތުން މިއަދު ބޭނުންވި ބަދަލު ފެންނަން ނެތުމެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2024 | ހޯމަ 11:08
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މި ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށް ގިނަ ބަޔަކު ސިފަކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މި ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށް ގިނަ ބަޔަކު ސިފަކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުނު އިރު، ކޮރަޕްޝަންގެ ތުހުމަތުތަކުން މި ސަރުކާރު ވަނީ ވަށާލާފައެވެ. ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިވާ މި ސަރުކާރުން ނުކުރާކަށް ވައްކަމެއް ނެތެވެ.

އެންސްޕާގެ ބޮޑު ވައްކަމާއި، އެޗްޑީސީގެ ގޯތި ވައްކަމާއި، އެފްއެސްއެމްގެ ތެޔޮ ވައްކަމާއި، ފެނަކައިގެ ވައްކަމާއި އަދި މި ނޫނަސް ސަރުކާރު ތެރެއިން ހިންގާފައިވާ ވައްކަމުގެ އަޑުތައް ގަދަވެ، އެތައް ކަމެއް ފަޅާއެރުމާ ގުޅިގެން، ގިނަ ކުންފުނިތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް މަޖުބޫރުވިއެވެ. ނަމަވެސް މިއީ ހައްލުކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ދާދި ފަހުން އެންމެ ބޮޑު ސިހުމެއް ގެނައި އެއްކަމަކީ އެޗްޑީސީން ހިންގާލި ބޮޑު ސިންގާ ގޯތި ވައްކަމެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި އެތައް ކަމެއް ފެންމަތިވީ ދާދި މިދާކަށް ދުވަހު އެވެ. ނަމަވެސް މިއީ ސަރުކާރުގެ އިސްވެރިންނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަށް ނޭނގި ހިންގާލި ޖަރީމާތަކެކޭ ބުނެވޭ ކަށް ނެތެވެ.

އެކަން ސާފުވާ ސަބަބަކީ ކުރީގެ އެޗްޑީސީގެ ޗެއަރމަން ރައީސް މުއުއިއްޒަށް ފޮނުއްވި ސިޓީއެވެ. މިއަދު ތިމަން މަނިކުފާނަށް އެ ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއަސް ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެއެވެ. ފަހު ބަސް ބުނާނީ ތިމަން މަނިކުފާނޭ ވިދާޅުވެ ކެމްޕެއިންތެރޭގައި ދައްކަވާފައިވާ ވަހަކަތަކުން ވެސް އެކަން އިތުރަށް ސާފުވެއެވެ. ފަޒުލްގެ އަނބިކަނބަލުންނަށް ބިމެއް ވިއްކައި، އޭގެ އަގު ފަސް އަހަރުން ދެއްކޭގޮތަށް ހަމަޖެއްސުމާއި، ފަޒުލްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބޮޑެތި ބިންތައް ދޫކުރުމާއި، ބިން ބަދަލުކޮށްދިނުމާއި، ބިން ބޮޑުކޮށްދިނުމާއި، "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގަށް ގޯތިން ދިން މައްސަލަ ފަދަ އެތައް މައްސަލަތަކެއް ފެންމަތިވެ، މުޅި އެޗްޑީސީ ކޮރަޕްޝަންގެ އައްޑާއަކަށް ހެދި އިރު އެކަން އެނގިވަޑައިނުގަންނަވައޭ ވިދާޅުވާ ވިދާޅުވުން މުޅިއަކުން ރަނގަޅެއް ނޫނެވެ.

މި މައްސަލައިގައި 50 އާ ގާތްކުރާ އަދަދަކަށް ނާޖާއިޒު ގޮތުގައި ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މި ބިންތަކުގެ އަގު 400 މިލިއަން ރުފިޔާއަށް އަރާ ކަމަށް ލަފާކުރެވެއެވެ. މިހިރީ ހިންގާފައި ހުރި ބޮޑެތި ވައްކަމެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެންދިއަ އިރު، ރައީސް ސާލިޙްގެ ސަރުކާރުން ދީފައިވާ ގޯއްޗާ ފްލެޓެއް ހަވާލެއް ނުކުރެވުނެއެވެ.

ލިބުނު ފްލެޓްވެސް ގޯތިވެސް ހަވާލު ކުރާނެ ދުވަހެއް ނޭނގި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރެއާއި ދުވާލު އެކަމުގައި ބަޔަކު ގަނަތެޅެމުން ދެއެވެ. އެކަމަކު ސަރުކާރުން ހިރުވާތަން ކަހާވެސް ނުލައެވެ. ސަރުކާރަށް އަޑު އިވޭހެން ހީވެސް ނުވެއެވެ. އިންސާފު ހޯދަން، އަޑު އަހާނެ ބަޔަކު ހޯދަން، ދާނެ ދިމާލެއް ނެތި މާޔޫސްވެފައި ތިއްބާ ސަރުކާރު ތެރެއިން ބިންތަކާ ފްލެޓްތައް ބަހާ ނިންމާލީއެވެ.

މި ދެއްކީ އަދި އެންމެ ކުންފުންޏެއްގެ ތެރެއިން ހިންގާލާފައިވާ ކޮރަޕްޝަންގެ ވާހަކައެވެ. ދެން އޮތީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކެވެ. އެ ކުންފުނީގެ ތެޔޮ ބޯޓުތަކުން ނުއަގުގައި ތެޔޮ ވިއްކައިގެން އަމިއްލަ މަންފާ ހޯދި ވާހަކައެވެ. އެ ކުންފުނި ތެރޭގައި ހުރި މަސްދަޅު ކޭސްތަކަށް ވީ ގޮތުގެ ވާހަކައެވެ. މި ހުރިހާ މައްސަލަތަކެއް މިހެއް ހުއްޓާ މަގާމުން އިސްތިއުފާދެއްވާ އެމްޑީވެސް އެއްފަރާތްވެލީއެވެ. ފެނަކަ ކޯޕަރޭޝަނުންވެސް ކޮންޓްރެކްޓަރެއް މެދުވެރިކޮށް ބޮޑު އަގުގައި ސްޕެއަރ ޕާޓްސް ގަންނަމުންދިއަ ދިއުމާއި، ތިނަދޫ ފެން ޕްލާންޓް މުއާމަލާތުގައިވެސް 3.5 މިލިއަން ރުފިޔާއަށް ލިބެން ހުރި އެއްޗެއް 14 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށް ކުރެވުނު ތުހުމަތުތައް އޮތީއެވެ. އެހެން ހުއްޓާ މަގާމުން އިސްތިއުފާ ދެއްވާ ފެނަކަ އެމްޑީ މުއާޒްވެސް ގެއަށް ވަޑައިގަތީއެވެ.

މި ވާހަކަތަކުގެ އަޑު ގަދަވެފައިވަނި ކޮށް ދެން ފެންމަތިވީ އަދި އެއަށްވުރެ ބޮޑު ކޮރަޕްޝަނެއްގެ ވާހަކައެކެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެހީ ނުލިބި އުފުލަން ޖެހުނު ތަކްލީފުތަކުގެ ވާހަކަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިއައީ ޕޯސްޓް ވަމުންނެވެ. އެހެން އެކަން އޮއްވާ އެންސްޕާ އިން އޮފީސް އިމާރާތެއް ހޯދުމަށް 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގި ވާހަކައެވެ. "އެމްއެމް ޓީވީ" ނަމުގައި ފެށި ޗެނަލް ހިންގާ އިމާރާތުގެ ކުލި އެންސްޕާ މެދުވެރިކޮށް ހަމަޖެއްސި ވާހަކައެވެ. މި ހުރިހާ ތުހުމަތުތަކެއް މި ސަރުކާރަށް ކުރެވެމުންދާއިރު، ސަރުކާރުން މި މައްސަލަތައް އޮއްބާލުމަށް މަސައްކަތްކުރާ ކަމަށް ބެލެވެނީ މިހާރު މި ހިނގާ ކަންކަމުންނެވެ.

ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިވާ މި ސަރުކާރުން އެ ކަންކަމުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އަޅުވައިގެން ޒިންމާތަކުން ރެކެން މަސައްކަތް ކުރާ ކުރުމަކީ ފެންނަން އޮތް ހަގީގަތެވެ. މި ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ ފޯކަސް އަނބުރާލާ މުޅި މަންޒަރު ބަދަލުކޮށްލުމުގެ މަސައްކަތުގެ ތެރެއިން، އެމްޑީޕީގެ އިސްވެރިންގެ މައްޗަށް ދައުވާ ކުރުމާއި ބައެއް ކުންފުނިތަކުގެ އިސްވެރިން ފަހަތުން ދުވަން ފެށުމެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ދައުލަތުގެ މުއައްސަސާތައް ބޭނުންކުރަމުން ދިއުމެވެ. އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ގެތައް ބަލައި ފާސްކުރުމާއި، ބައެއް މައްސަލަތައް އަވަސްކުރަން މަސައްކަތްކުރަން ފެށުމެވެ. މި ކަންތައް ކުރިއަށްދާން ފެށީ އެޗްޑީސީ އާއި އެންސްޕާގެ މައްސަލަތައް ފެންމަތިވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވާން ފެށުމާ ގުޅިގެންނޭ ބުނުމުގެ ޖާގަ އެބައޮތެވެ.

އެއް އަހަރުވެގެން ދިޔަ އިރު ނަތީޖާ ނުނެރެވުނެވެ. ކުރީ ސަރުކާރޭ ކިޔައިގެން އެ ސަރުކާރު ކޮނޑަށް ލައިގެން ބަހަނާ ދެއްކުން ނޫން ކަމެއް ނުކުރެއެވެ. ސަރުކާރުން ހާވަމުންދާ ހުރިހާ ހަޑިއެއް އިދިކޮޅު މައި ސިޔާސީ ޕާޓީގެ ބޮލުގައި އަޅުވަން ކުރަމުންދާ މަސައްކަތް އެހުރީ ފެންނާށެވެ. ސަރުކާރު މެނޭޖް ނުކުރެވި އަހަރެއް ނިމިގެން ދިޔައިރުވެސް ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުފެށި، ވައުދުވި އެއްވެސް ކަމެއް ނުކުރެވުނެވެ. އިންތިޚާބުގެ ތެރޭގައި ވި ވައުދުތައް ނުފުއްދެވި އުޅުއްވަނިކޮށް އަނެއްކާ ވެސް އިތުރު ވައުދުތައްވެސް ވެ ވަޑައިގަންނަވަނީއެވެ.

ރައްޔިތުންގެ ބޮލުގައި އެންމެ ބޮޑަށް އެޅުވި އަނދުނަކީ ރާއްޖޭގެ އިގްތިސާދު އޮތް ހާލަތެވެ. މާލީ ހާލަތު އިނދަޖެހިފައިވާކަމަށް ބުނެ، ރައްޔިތުންގެ ސިކުނޑިއާ ކުޅެމުން އަނެއް ކޮޅުން ފައިސާތައް ބަހަނީ އެވެ. މަޖިލިސް މެންބަރުންނާ ބޮޑެތި އަދަދުތަކުން ފައިސާގެ މުޢާމަލާތްތައް ހިންގަނީއެވެ.

ކެބިނެޓަށް ކުއްލި ކުއްލިއަށް ބަދަލު ގެނައުމާއި، ހަރުދަނާ ސިޔާސަތުތަކެއް ނެތި ވެރިކަން ހިންގަމުންދާ ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެއްވެސް ކަހަލަ މިސްރާބެއް ނެތި ވެރިކަން ހިންގަމުންދިއުމަކީ މީގެ އެތައް އަހަރެއް ފަހަތަށް ރައްޖެ ވާއްޓަލުން ކަމަށް މިއަދު ރައްޔިތުން ގަބޫލު ކުރެއެވެ.

ކޮންމެ ދިމާލަކަށް ބެލިއަސް ފެންނަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުމެވެ. މުޒާހަރާ ނުކުރާ އެންމެ ކަމެއް ވެސް ނެތެވެ. އެއީ ބޯހިޔާވަހިކަމަށް ބެލިއަސް ވެސް މެއެވެ. ޓެކްސީ ޑްރައިވަރުންނާ، މަސްވެރިންނާ، ރޭސް ޖަހާ މީހުންނާ، މިހެން ގޮސް ކޮންމެ ދިމާލަކުން ފެންނަނީ މާޔޫސްކަމެވެ. ވީ އެއްވެސް ވައުދެއް ނުފުއްދުނުތާނގައި ރައްޔިތުންނަށް ލިބެމުންދިއަ ހުރިހާ ފަސޭހަތަކެއް ނެތިއްޖެއެވެ. މިއިން ކޮންމެ ކަމަކުން ރެކެނީ އެ ކަންކަމުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަމުންނެވެ.

ރައްޔިތުންގެ ޙައްޤުތަކަށް އިސްކަންދީ، ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ބަދަލުގައި، އަމިއްލަ މަޞްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދިއުމުގެ ނަތީޖާއަކީ ރައްޔިތުން މިއަދު ބޭނުންވި ބަދަލު ފެންނަން ނެތުމެވެ. ރައްޔިތުންގެ އުންމީދުތަކާއި އިތުބާރު ގެއްލިގެންދާ މިންވަރަކަށް، ސަރުކާރުގެ އަބުރު ސަލާމަތްކުރުމަށް ކުރާ މަސައްކަތްތައް އިތުރުވަމުންދާތަން ފެނެއެވެ. ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ޒިންމާދާރު ވެރިކަމެއް ޤާއިމުކުރުމަށް ސަރުކާރު ނުކުޅެދިއްޖެއެވެ.

މިއަދު މި ފެންނަ މަންޒަރަކީ މި މައްސަލަތައް އޮއްބާލުމަށް ސިޔާސީ ބަދަލުހިފުމުގެ މަސައްކަތްތަކެއް ކުރެވެމުން ދާ ތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު