Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގޯއްޗާއި ފްލެޓްގެ މައްސަލަ

ގޯއްޗާއި ފްލެޓްގެ މައްސަލަ - ދެން ދާންވީ މުއްތަލިބު އަރިހު ސަލާން ޖަހަން؟

ގޯއްޗާއި ފްލެޓްގެ މައްސަލައިގައި އާއްމުން ދަނީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެއް އިދާރާއިން، އަނެއް އިދާރާއިން އެ ފްލެޓާއި ގޯތިތަކަށް ވާ ގޮތެއް ނޭނގިގެން ސަލާން ޖަހަމުންނެވެ. ބަދަލުވަނީ ސަލާން ޖަހަން ދާން ޖެހޭ ތަނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2024 | ހޮނިހިރު 14:36
ފްލެޓާއި ގޯތި މުޒަހަރާ

ފްލެޓާއި ގޯތި މުޒަހަރާ

މި ސަރުކާރަށް އަހަރެއް ފުރުނީ މި އިހަކަށް ދުވަހުއެވެ. ދާދި އިހަކަށް ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެންނަވައި، ބައެއް މިނިސްޓްރީ ތައް އެއްކޮށް ލައްވައިފި އެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި މިއީ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ.

މިނިސްޓްރީ އޮފް ފިނޭންސް އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި މިހާރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަޤާމް އަށް އައްޔަން ކުރެއްވީ މޫސާ ޒަމީރެވެ. މީގެ އިތުރުން ހައުސިންގ އާއި އިންފްރާސްޓްރަކްޗާރ އެއްކޮށްލައި މިހާރު ވަނީ އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަޤާމް އަށް އައްޔަން ކުރެއްވީ ޑރ. އަބްދުﷲ މުއްތޮލިބެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރައްވާފައިވަނީ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗަރ މިނިސްޓަރަކަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ކަމަށް ބަދަލުކުރައްވާފައެވެ. މިނިސްޓަރު މާރިޔާ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗަރ ބަދަލުކުރެއްވިއިރު، އެ މިނިސްޓްރީގައި ކުރިން ހުންނެވި ޑރ. އައިޝަތު ރަމީލާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ.

މި ބަަލުކުރެއްވި ބަދަލުކުރެއްވުން މި ދިމަވަނީ ހައުސިން މިނިސްޓަރކަމުގައި ހުންނެވި ހައިދަރުގެ އިސްތިއުފާއަށް ކެނޑިނޭޅި އާއްމުން ގޮވަމުން ދިޔަ ދަނޑިވަޅަކާއެވެ. ވަޒީރުގެ އަރިހަށް ގޮސް ގޮސް، ވަޒީރާއި ބައްދަލު ނުވެގެން އާއްމުން ހަނާވާ އިރު ވެސް ވަޒީރަށް ރައްޔިތުންގެ އަޑެއް ނީވުނެވެ.

ގޯއްޗާއި ފްލެޓްގެ މައްސަލައިގައި އާއްމުން ދަނީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެއް އިދާރާއިން، އަނެއް އިދާރާއިން އެ ފްލެޓާއި ގޯތިތަކަށް ވާ ގޮތެއް ނޭނގިގެން ސަލާން ޖަހަމުންނެވެ. ބަދަލުވަނީ ސަލާން ޖަހަން ދާން ޖެހޭ ތަނެވެ. ޖަވާބު ހޯދަން ސަލާން ޖެހޭ މީހުންނެވެ. ދެންވީ އާ ވަޒީރުގެ އަރިހަށް ސަލާންޖަހަން ދާންތޯ އާއްމުން މިއަދު ސުވާލު ކުރެއެވެ. ވަޒީރު ބަދަލުވެއްޖެއެވެ. ދެން ވެސް ކަންކަން ބަދަލުވާނެ ކަމުގެ ރާހަތަށް ރައްޔިތުންނަކަށް ނެތެވެ.

ފްލެޓާއި ގޯތި މައްސަލައިގައި މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެނގިގެން ދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދޮގުވެރިކަންކަމަށް އާއްމުން އެދަނީ ކޮންމެ ހަފްތާއަކު މުޒާހަރާގައި ގޮވަމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޫނުކޮށް ހިފަހައްޓަމުންދާތީ ކަންބޮޑުވާ ވާހަކަ އަޑު އިއްވަން އޭސީސީ އާއި މިނިސްޓްރީ އަށް ދެވުނު އަދަދެއް މި އާއްމުންނަކަށް ނޭނގެއެވެ. ޝަކުވާތައް އަޑުއަހާނެ މީހަކު ނެތީއެވެ. އާ ވަޒީރު މަޤާމާއި ހަވާލުވެވަޑައިގެން މި ވީހާ ތަނަށް ވެސް މިކަމާ އެއްޗެއް ވިދާޅުވާނަމޭ ހަމަ ހިތްޕުޅަށް އަރާ ވަޑައި ނުގަންނަވައެވެ.

އާއްމުން ދިރިއުޅެމުން މިދަނީ ވަރަށް ހާލުގައި ކަމަށް ބުނެ އާއްމުން އެދަނީ މީޑިއާ އާއި މީސްމީޑިއާގައި އުދާސްތައް ބަންޑުންކޮށްލަމުންނެވެ. އެގޮތުން އެއް ކޮޓަރި އެއްގައި ދަރިންނާއި، މައިންބަފައިން ގޮވައިގެން ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާކަމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ. އާއްމުން ދަނީ ފްލެޓާއި ގޯތި ނުދީ ސަރުކާރުން ލަސްކުރަނީ ސިޔާސީ މަޤްސަދެއްގައި ކަމަށް ފާހަގަކޮށް އެކަމަށް ފާޑު ކިޔަމުންނެވެ. މިއިން ކަމަކާއި އާ ވަޒީރު ވެސް މާބޮޑު ސަމާލުކަމެއް ދެއްވާހެނެއް ހިއެއް ނުވެއެވެ. ރައްޔިތު މީހާ ވަޒީރާއި ބައްދަލުކުރަން ގޮސް އާދޭސް ކުރުން ނޫން ގޮތެއް ރައްޔިތު މީހާއަކަށް އޮތްތަނެއް ކަން ހިނގާ ގޮތުންނެއް ނުފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު