Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިޒްރޭލު ހަނގުރާމަ

އިސްރޭލުގެ ހަމަލާތަކުން ހޮސްޕިޓަލްތައް ސަލާމަތްކޮށްދިނުމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެދިއްޖެ

ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޤަތުލުޢާންމުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 818އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީ ފައުޖުތަކުން ހަނގުރާމަ ފެށީ 2023 އޮކްޓޫބަރު 7ގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 ޑިސެމްބަރު 2024 | ހުކުރު 13:26
ވެސްޓް ބޭންކުގެ ޓުލްކަރަމް ސިޓީ ކައިރީގައިވާ ނޫރު ޝަމްސް ދަރުމަވެރިންގެ ކޭމްޕުގައި ހިންގުނު އަސްކަރީ ރެއިޑެއްގައި

ވެސްޓް ބޭންކުގެ ޓުލްކަރަމް ސިޓީ ކައިރީގައިވާ ނޫރު ޝަމްސް ދަރުމަވެރިންގެ ކޭމްޕުގައި ހިންގުނު އަސްކަރީ ރެއިޑެއްގައި

ފަލަސްތީނުގެ ޣައްޒާގައި ހުރި ހޮސްޕިޓަލް ތަކަށް އަމާޒުކޮށްގެން ޔަހޫދީ ފައުޖުތަކުން ދޭ ހަމަލާތަކުން އެ ހޮސްޕިޓަލް ތައް ހިމާޔަތް ކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މީސްމީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނީ ޔަހޫދީ ފައުޖުތަކުން ދޭ ހަމަލާތަކުން ބަލިމީހުންނާއި މެޑިކަލް ސްޓާފުންނާއި ފަރުވާދޭ މަރުކަޒުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުއަށް ތަކުރާރުކޮށް ގޮވާލާފައެވެ.

އަދި ޔަހޫދީންގެ ފައުޖުތަކުން ކުރަމުން އަންނަ “ނަސްލު ނައްތާލުމުގެ ހަނގުރާމަ” ކުރިއަށްދާއިރު، މިވަގު ބަލިމީޙުންނަސް ފަރުވާ ދެވޭނެ ހަމަ އެކަނި ވަސީލަތް ހުރި ތަނަކީ ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާގެ ކަމާލް އަދުވާން ހޮސްޕިޓަލް ކަމަށާއި އެ ހޮސްޕިޓަލް މިހާރު ޔަހޫދީ ފައުޖުތަކުން ވަށާލާ ހަމަލާތައް ދޭން ފަސާފައިވާ ކަމަށެވެ. އަދި މިހާތަނަށް ދިން ހަމަލާތަކުގައި އެ ހޮސްޕިޓަލުގެ މުހިންމު ބައިތަކަކަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާގެ ކަމާލް އަދުވާން ހޮސްޕިޓަލަށް ޔަހޫދީން ދިން ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް މިހާރު ލިބިފައިވާއިރު، ޔަހޫދީ ފައުޖުތަކުން އަދިވެސް އެ ހޮސްޕިޓަލް ވަށާލައި ހަމަލާތައް ދެމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލަކު އަލް ޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ "ކަމާލް އަދުވާން ހޮސްޕިޓަލް" ރެއިޑް ކޮށްފައިވާ ކަމަށާއި އަދި އެ ހޮސްޕިތަލްގައި ތިބި ގިނަ އަދަދެއްގެ ބަލިމީހުންވެސް ހޮސްޕިޓަލުން ބޭރަށް ނެރެން މަޖުބޫރު ކުރުވަމުން އަންނަ ކަމަށެވެ. އަދި އޭގެތެރޭގައި ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ މެޑިކަލް ޓީމުގެ މެމްބަރުންގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ލާއިންސާނީ ޢުދުވާނެއް ފެށުމަށް ފަހު ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ލާއިންސާނީ ޖަރީމާތައް ހިންގުން ވެސް ވަނީ އިތުރު ކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޤަތުލުޢާންމުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 818 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

ޣައްޒާގައި ވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ޤަތުލުޢާންމު ހިންގަމުންނެވެ. ޣައްޒާގެ އެކި ސަރަޙައްދުތަކަށް ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 27އަށް އުފުލިފައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,338އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000 އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ.

ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 107,764 މީހުން ޒަޚަމު ކޮށްލާފައެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި

19 އޮކްޓޯބަރު 2017
އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި
03 އޮކްޓޯބަރު 2017

ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި

03 އޮކްޓޯބަރު 2017
ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
22 ޖުލައި 2017

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު