Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިޒްރޭލް މައްސަލަ

އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި

އިޒްރޭލުގެ އަސްކަރިއްޔާގެ އޮޕަރޭޝަނެއްގައި ހުޅަނގު އައްސޭރީގެ ބައެއް މީޑިއާތައް ބަލައިފާސްކޮށްފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 04:22
އިޒްރޭލުގެ އަސްކަރިއްޔާ އަށް ނިސްބަތްވާ ސިފައިންގެ މީހަކު ފަލަސްތީނުގެ މީހަކަށް ހަތިޔުުާރުން ބިރު ދައްކަނީ

އިޒްރޭލުގެ އަސްކަރިއްޔާ އަށް ނިސްބަތްވާ ސިފައިންގެ މީހަކު ފަލަސްތީނުގެ މީހަކަށް ހަތިޔުުާރުން ބިރު ދައްކަނީ

އިޒްރޭލުގެ އަސްކަރިއްޔާ އިން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މީޑިއާތައް ބަންދުކޮށްފި އެވެ.

އިޒްރޭލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މީޑިއާތައް ބަންދުކޮށްފައި ވަނީ، ހުޅަނގު އައްސޭރީގެ މީޑިއާ އޮފީސްތައް ބަލައިފާސްކުރުމަށް އަންގާރަ ދުވަހުގެރޭ ހިންގި އޮޕަރޭޝަންތަކުގައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ވަނީ، އިޒްރޭލާއި ދެކޮޅަށް ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގައި ފަލަސްތީނުގެ އަށް މީޑިއާ ކުންފުންޏެއްގެ އޮފީސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އިޒްރޭލުގެ މިއަމަލުތަކަށް ފަލަސްތީނުގެ ސަރުކާރުން ވަނީ ފާޑު ކިޔާފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހުގެރޭ ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނުގައި ފަލަސްތީނުގެ 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފަލަސްތީނުގެ ނޫސް އޭޖެންސީ މައަން އިން ބުނެ އެވެ.

މިއޮޕަރޭޝަން ހިންގާފައިވަނީ ފަލަސްތީނުގެ ސިޔާސީ ދެ ހަތުރުން ކަމަށްވާ ހުޅަނގު އައްސޭރީގެ ވެރިކަން ކުރާ ފަތަޙަ ޖަމާއަތާއި، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާއި ދެމެދު އުފެދިފައިވާ 10 އަހަރުވީ ވާދަވެރިކަން ނިމުމަކަށް ގެނެސް، ދެ ޖަމާއަތުގެ މެދުގައި ޞުލްޙަ ގާއިމްކޮށް، އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް އެއްބަސްވުމަކާއި ހަމަޔަށް އައިތާ ހަފްތާއެއްވެސް ނުވަނީހެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފްތާގައި ވަނީ، ހަމާސް އިން ހަތިޔާރު ބަހައްޓައި، އިޒްރޭލްގެ ދައުލަތް ބަލައި ނުގަންނަނީސް އެޖަމާއަތުން ބައިވެރިވާ އެއްވެސް އެއްބަސްވުމެއް ބަލައިނުގަންނާނެ ކަމަށާއި، ހަމާސް އާއެކު ހަދާ އެއްބަސްވުންތަކަށް އިޒްރޭލުން ދެކޮޅު ހަދާނެ ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން، ފަލަސްތީނުގެ ޣައްޒާ ބަންދުކޮށް، ހުޅަނގު އައްސޭރި އަށް އަތްގަދަކޮށްގެން އުޅޭތާ ބައިގަރުނު ވަނީ ވެފައެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު