Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޮވެމްބަރު މަހުގެ އިމްޕޯޓް އެކްސްޕޮޓް

އިމްޕޯޓު އެކްސްޕޯޓުން ނޮވެމްބަރު މަހު ދައުލަތަށް 249 މިލިޔަން ރުފިޔާ

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫ.އޭ.އީ އިން، 103 މިލިއަން ރުފިޔާގެ މުދާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 ޑިސެމްބަރު 2024 | ހުކުރު 13:16
މާލޭގެ ވިޔަފާރި ބަނދަރު. ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

މާލޭގެ ވިޔަފާރި ބަނދަރު. ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

އިމްޕޯޓު އެކްސްޕޯޓުން ނޮވެމްބަރު މަހު ދައުލަތަށް 249 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ތެލަށް ކުރި ހޭދަ އުނިކޮށް މިދިޔަ އަހަރާއި މިއަހަރު އިމްޕޯޓް ހުރީ އެއްވަރެއްގައެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަދި މިއަހަރުގެ ނޮވެމްބަރު މަހުވެސް އިމްޕޯޓްކޮށްފައިވަނީ 3.4 ބިލިޔަން ރުފިޔާގެ މުދަލެވެ. ނަމަވެސް ތެލަށް ކުރި ހޭދައާއި އެކު މިދިޔަ އަހަރު ނޮވެމްބަރު މަހު ޖުމްލަ 4.3 ބިލިޔަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

މިއަހަރު ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4 ބިލިޔަން ރުފިޔާގެ މުދަލުގައެވެ. ނޮވެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު، ތެލުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ޗައިނާ، އިންޑިއާ، ސިންގަޕޫރު އަދި މެލޭޝިއާއެވެ.

މީގެތެރެއިން ޔޫ.އޭ.އީ އިން 103 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން އެތެރެކުރި މުދަލުގެ އަގު 608 މިލިއަން ރުފިޔާއަށް އަރައެވެ. އަދި އިންޑިއާ އިން 582 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައި ވައިރު، ސިންގަޕޫރުން އެތެރެކުރި މުދަލުގެ އަގު 253 މިލިޔަން ރުފިޔާއަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

2023 ވަނަ އަހަރާއި އަޅާބަލާއިރު ނޮވެމްބަރު މަހު އިމްޕޯޓު އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، ކާބޯތަކެއްޗާއި، ތަލާއި އަދި އިލެކްޓްރޯނިކް ސާމާނާއި މެޝިނަރީތަކަށް ކުރި ހޭދަ 500 މިލިޔަން ރުފިޔާއަށްއަރައެވެ. އެގޮތުން ކާބޯތަކެތީގެ އިމްޕޯޓް އަގު ހުރީ 883 މިލިޔަން ރުފިޔާއެވެ.

މެޝިނަރީ އަދި އެލެކްޓްރޯނިކް ސާމާނުގެ އިމްޕޯޓް އަގު 717 މިލިޔަން ރުފިޔާގައި ހުރިއިރު، މި ދިޔަ ނޮވެމްބަރު މަހު ތެލަށް 582 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ނޮވެމްބަރުމަހު ރާއްޖެއިން ވަނީ 216 މިލިޔަން ރުފިޔާގެ މަސް ބޭރުކޮށްފައެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ހުރީ 120 މިލިޔަން ރުފިޔާގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު ރާއްޖެ އިމްޕޯޓު އެކްސްޕޯޓުން ވަނީ 249 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އިމްޕޯޓު އެކްސްޕޯޓުން ލިބިފައިވަނީ 429 މިލިޔަން ރުފިޔާއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު