Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް

"ރައީސަށް ކަމެއް ނޭނގޭ ކަމަށް ވިދާޅުވެއްޖެއްޔާ އެއީ ރޯ ބުހުތާން ދޮގެއް، ރަނގަޅަށް ވިއްޔާ އެކަމެއް ކޮށްފައި އޮންނާނީ ރައީސްގެ އިރުޝާދުގެ ދަށުން"

ފައިސާ ނެތް ކަމަށް އެއްކޮޅުން ބުނަމުން ދާއިރު މަދު ވަގުތުކޮޅަކަށް ޑްރޯން އަރުވަން އެތައް މިލިއަން ރުފިޔާ އެއް ހޭދަކުރި ކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2024 | ބުރާސްފަތި 18:30
ރައީސް މުއިއްޒު ވަޒީރުންނަށް އިތުބާރު ނުކުރައްވާ، މިފަދަ ސަރުކާރެއްގައި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ނުދެވޭނެ: މެންބަރު އަހުމަދު ދީދީ

ރައީސް މުއިއްޒު ވަޒީރުންނަށް އިތުބާރު ނުކުރައްވާ، މިފަދަ ސަރުކާރެއްގައި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ނުދެވޭނެ: މެންބަރު އަހުމަދު ދީދީ

ރައީސް އަށް ކަމެއް ނޭނގޭ ކަމަށް ވިދާޅުވެއްޖެ ނަމަ އެއީ ރޯ ބުހުތާން ދޮގެއް ކަމަށާއި، ރަނގަޅަށް ވިއްޔާ އެކަމެއް ކޮށްފައި އޮންނާނީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި މެންބަރު އަހުމަދު ދީދީ ވަނީ މި ސަރުކާރުގެ ސިއްރު ވައްކަން ނޭނގޭ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް ރޯހިތު ކިޔާ މީހަކު ރައީސްގެ ދިފާއުގައި ނުކުމެފައިވާ ކަމަށެވެ. އެ ހިސާބުން ރައީސަށް ކަމެއް ނޭނގޭ ކަމަށް ވިދާޅުވެއްޖެ ނަމަ އެއީ ރޯ ބުހުތާން ދޮގެއްކަން މިހާރު އެނގޭ ކަމަށް ދީދީ ވިދާޅުވިއެވެ. އެހެން ވިދާޅުވެއްޖެ ނަމަ އެކަން މާކުރިން ރައީސަށް އެނގޭނެ ކަމަށް ދީދީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދީދީ ވަނީ ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އެލް ބޯޑު ނުވަތަ ލާރނިންގ ބޯޑު ޖައްސަަވައިގެން ކަމަށް ސިފަކުރައްވާފައެވެ. ހަފްތާގެ ނިމޭ ދުވަހުގެ ކުރީ ދުވަހު މި ހަފްތާގައި ވެސް ފެނުނީ އެފަދަ މަންޒަރެއް ކަމަށް ދީދީ ވިދާޅުވިއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެންނަވައި، ބައެއް މިނިސްޓްރީތައް އެއްކޮށްލައްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ. އެ މިނިސްޓްރީތައް ވަކިކުރެއްވީ އެ ތަންތަނުން ދޭ ޚިދުމަތް ވަރުގަދަކޮށް އެ ޚިދުމަތްތައް ވަރުގަދަކުރުމަށް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި ފެނިގެން ދިޔަ މަންޒަރަކީ އެތަންތަން ވަކިކޮށްގެން ވައްކަން ކުރި މަންޒަރުކަމަށް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހާމަ ނުކުރާނެ އެއްވެސް ކަމެއް ނޮއޮންނާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ކަން ވެގެން ދިޔައީ އެއާއި ދިމާ އިދިކޮޅަށް ކަމަށް ދީދި ވަނީ ވިދާޅުވެފައެވެ. ވަރަށް ސިއްރިއްޔާތުގައި ވަރަށް ގިނަ ކަންކަން ކުރަމުން ދަނިކޮށް އެކަންކަން ވެސް ފަޅާ އަރާފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ. އެހާ ހިސާބުން ސަރުކާރަށް ހަދާނެ ގޮތް ހުސްވެ އުނބަށް ޖަހާފައިވާ ކަމަށް ވެސް ދީދީ ވަނީ ސިފަކުރައްވާފައެވެ.

ސަރުކާރުން ފައިސާ ނެތް ކަމަށް ބުނެ ދައްކާ ވާހަކަ އާއި ސަރުކާރުން ކުރާކަންކަން އަމަލާއި ދިމާ ނުވާ ކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފައިސާ ނެތް ކަމަށް އެއްކޮޅުން ބުނަމުން ދާއިރު މަދު ވަގުތުކޮޅަކަށް ޑްރޯން އަރުވަން އެތައް މިލިއަން ރުފިޔާ އެއް ހޭދަކުރި ކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު