Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

އަމޯރިމް ބުނީ ޔުނައިޓެޑު އޮތް ޙާލަތު އަމޯރިމް އަށް ރަނގަޅަށް އިނގޭ ކަމަށް!

ކޯޗެއްގެ ހައިސިއްޔަތުން މި ދަނޑިވަޅު ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަދި ކަންބޮޑުވުން އޮންނާނެ މިންވަރު ވަޒަން ކުރެވޭ ކަމަށް ވެސް އަމޯރިމް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2024 | ބުދަ 04:38
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މިވަގުތު މެންޗެސްޓަރ ޔުނައިޓެޑު އޮތް ޙާލަތު ވަރަށް ރަނގަޅަށް އިނގޭ ކަމަށް، އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ޔުނައިޓެޑު ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗާ ކުރިމަތިލާއިރު، ޔުނައިޓެޑުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އަމޯރިމް އަށް ވެސް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަމޯރިމް ބުނީ، މި އުނދަގޫ ދަނޑިވަޅުގައި ސަޕޯޓަރުންގެ ފަރާތުން މިވަގުތު އެއްވެސް ކަމެއް ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކަމެއް ފެންނަން ޖެހޭނީ ނުވަތަ ކަމެއް ކޮށްދޭން ޖެހޭނީ ޓީމުގެ ފަރާތުން ކަމަށް އަމޯރިމް ބުންޏެވެ. ކޯޗެއްގެ ހައިސިއްޔަތުން މި ދަނޑިވަޅު ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަދި ކަންބޮޑުވުން އޮންނާނެ މިންވަރު ވަޒަން ކުރެވޭ ކަމަށް ވެސް އަމޯރިމް ބުންޏެވެ.

އެކަންކަން އެނގި ހުރެ، މަސައްކަތް ކުރަނީ ޙާލަތު ރަނގަޅު ކުރުމަށް ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ. އެހެންކަމުން މިވަގުތު ސަޕޯޓަރުންނަން ބޭނުން ވަނީ ޓީމުގެ އެހީތެރިކަން ކަަމަށް ވެސް އަަމޯރިމް ބުންޏެވެ. އިތުރަށް އަމޯރިމް ބުނީ އެންމެ ބޭނުން ވަނީ ނަތީޖާ ނެރުމަށް ކަމަށާއި، ނަތީޖާ ނެރުމަށް ކުޅުންތެރިން އަދި އޭނާ ވެސް ހުރީ އިންތިހާ އަށް ބޭނުންވެފައި ކަމަށެވެ.

އަމޯރިމް ބުނީ މިވަގުތަށް އެންމެ މުހިންމީ ކުރިއަށް އޮތް ވުލްވްސް މެޗުން މޮޅުވުން ކަމަށާއި، އެ ނޫން އެހެން އެއްވެސް ކަމަކަށް ފޯކަސް ނެތް ކަމަށެވެ. އަދި އެ މެޗުން މޮޅުވެ ޓީމުގެ އެންމެހާ ސަޕޯޓަރުންނަށް ކޮންމެ ވެސް ވަރެއްގެ އުފާވެރިކަމެއް ހޯދައިދޭން ބޭނުންވާ ކަަމަށް އޭނާ ބުންޏެވެ. އެއަށްފަހު ޖެހިގެން ދެން ކުރިއަށް ހުރި މެޗުތަކުން ވެސް ނަތީޖާ ނެރެ، މޮޅުވާން ބޭނުންވާ ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް ވަކި ކުރުމަށްފަހު، އެ މަގާމަށް އަމޯރިމް ހަމަޖެއްސީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އަމޯރިމްގެ އިރުޝާދުގެ ދަށުން ވެސް ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅެއް ނުވެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޔުނައިޓެޑު ވަނީ ނުވަ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަތަރު މެޗުން ބަލިވެ އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގު ތާވަލްގައި ވެސް ޔުނައިޓެޑު އޮތީ 13 ވަނައިގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު