Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުން ޣައްޒާގެ ދެ ހޮސްޕިޓަލަކަށް ހަމަލާދީ، އިތުރު މަރުކަޒަކުން ބަލިމީހުން ނެރެލައިފި

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި މަދުވެގެން 21 މީހުން ޝަހީދުވެ، 51 މީހުންނަށް އަނިޔާވެފައިވެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 24 ޑިސެމްބަރު 2024 | އަންގާރަ 14:24
ޚާން ޔޫނިސް ސިޓީގެ ހުޅަނގު ފަރާތުގައިވާ އަލް-މަވާސީ 'ރައްކާތެރި ސަރަޙައްދު' ގައި އިސްރާއީލުގެ ހަމަލާއެއް އަމާޒުވެ، މީހުން މަރުވެފައިވާ ބަހެއްގެ ވަށައިގެން މީހުން އެއްވެފައިވާ މަންޒަރު

ޚާން ޔޫނިސް ސިޓީގެ ހުޅަނގު ފަރާތުގައިވާ އަލް-މަވާސީ 'ރައްކާތެރި ސަރަޙައްދު' ގައި އިސްރާއީލުގެ ހަމަލާއެއް އަމާޒުވެ، މީހުން މަރުވެފައިވާ ބަހެއްގެ ވަށައިގެން މީހުން އެއްވެފައިވާ މަންޒަރު

އިޒްރޭލުން ޣައްޒާގެ ދެ ހޮސްޕިޓަލަކަށް ހަމަލާދީ، ތިންވަނަ ހޮސްޕިޓަލުން ބަލިމީހުން ހުސްކޮށްލައިފިކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓް ކުރާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ހޯމަ ދުވަހު ކަމަށް ބެލެވެއެވެ.

އުތުރު ޣައްޒާގެ ޖަބާލިޔާ ކޭމްޕްގައި ހުރި އަލް-އަވްދާ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާއަށް އިޒްރޭލުގެ އާޓިލަރީން ހަމަލާދީފައިވެއެވެ. މީގެ އިތުރުން، އުތުރު ބައިތު ލަހިޔާގައި ހުރި ކަމާލް އަދްވާން ހޮސްޕިޓަލުގައި އިޒްރޭލް ސިފައިން ދުރުން ކޮންޓްރޯލްކުރެވޭ ގޮވާ ތަކެތި ގޮއްވާލާފައިވެއެވެ.

މި ހަމަލާގައި މަދުވެގެން 20 ބަލިމީހުންނާއި މެޑިކަލް މުވައްޒަފުންނަށް އަނިޔާވެފައިވާކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ބައިތު ލަހިޔާގައި ހުރި އިންޑޮނީޝިއާ ހޮސްޕިޓަލުން ޒަޚަމްވެފައިވާ މީހުންނާއި ބަލިމީހުން ނެރުމަށް އިޒްރޭލު ސިފައިން މަޖުބޫރުކުރަމުންދާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ. މިއީ އިޒްރޭލުން އަމާޒުކުރި ތިންވަނަ ހޮސްޕިޓަލެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި މަދުވެގެން 21 މީހުން ޝަހީދުވެ، 51 މީހުންނަށް އަނިޔާވެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7ން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 45،338 ފަލަސްޠީނުން ޝަހީދުވެ، 107،764 މީހުންނަށް އަނިޔާވެފައިވާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު