Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

އަމޯރިމް ބުނީ ޔުނައިޓެޑު އޮތީ ހާސްވެފައި ކަމަށް

މެޗުގައި ޔުނައިޓެޑުން ލަނޑުތަކެއް ޖެހުމަށް މަސައްކަތް ކުރި ކަމަށާއި، ނަަމަވެސް އެކަމުގައި ވެސް ޔުނައިޓެޑުގެ ކުޅުންތެރިންނަށް އުނދަގޫވި ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2024 | އަންގާރަ 03:20
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އަމޯރިމް

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑު އޮތީ "ހާސްވެފައި" ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން ޔުނައިޓެޑު ބަލިވެފައިވާއިރު، މިއީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވީ ދެ ވަނަ ފަހަރަވެ. މިދިޔަ ސީޒަންގެ ލީގުގައި ވެސް ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ ބޯންމައުތު އަތުން ބަލިވެފަ އެވެ.

އަމޯރިމް ބުނީ، މޮޅެއް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޖެހިޖެހިގެން ދެ މޮޅު ނުވަތަ ތިން މޮޅު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް، ޔުނައިޓެޑުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށް ވެސް އަމޯރިމް ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް އަމޯރިމް ބުނީ، ބޯންމައުތު މެޗަކީ ޔުނައިޓެޑަށް ވަރަށް އުނދަގޫ މެޗަކަށްވި ކަމަށެވެ.

މެޗުގެ ތެރޭގައި ޔުނައިޓެޑަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، އެކަމުގެ ސަބަބުން ޓީމު ހާސްވެފައި އޮތްކަން ފާހަގަ ކުރެވުނު ކަމަށް ވެސް އަމޯރިމް ބުންޏެވެ. ދަނޑު މަތީގައި ތިބި ޔުނައިޓެޑުގެ ކުޅުންތެރިންގެ ފަރާތުން އެކަން ފެނުނު ކަމަށް ވެސް އަމޯރިމް ބުންޏެވެ. ޚާއްސަކޮށް މެޗުގައި ބޯންމައުތުން ޖެހި ޕެނަލްޓީ އާއި، ދެން ޖެހި ލަނޑުތަކުން އުނދަގޫކަން ފާހަގަ ކުރެވޭ ކަމަށް އަމޯރިން ބުނެފައިވެ އެވެ. މެޗުގައި ޔުނައިޓެޑުން ލަނޑުތަކެއް ޖެހުމަށް މަސައްކަތް ކުރި ކަމަށާއި، ނަަމަވެސް އެކަމުގައި ވެސް ޔުނައިޓެޑުގެ ކުޅުންތެރިންނަށް އުނދަގޫވި ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަމޯރިމް ބުނީ ނަތީޖާ ނުނެރެވުމަކީ އޭނާގެ އިތުރުން ކުޅުންތެރިން ވެސް ކަންބޮޑުވެ، މާޔޫސްވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ކުރަމުން އަންނަ މަސައްކަތަށް ފޯކަސް ކުރަން ޖެހޭނެ ކަމަށާއި، އެ މަސައްކަތް ކުރުމުގައި ދެމި ތިބެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ދެން ވެސް މަސައްކަތް ކުރާނީ ކުރިއަށް އޮތް މެޗުން މޮޅުވުމަށް ކަމަށާއި، އެކަމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް އަމޯރިމް ބުންޏެވެ. އެ މަސައްކަތް ކުރުމުގައި އެންމެ ފަހު ވަގުތާ ހަަމައަށް ދެމި ތިބޭނެ ކަމުގައި އަމޯރިމް ބުނެފައިވެ އެވެ.

ޔުނައިޓެޑުގެ ނަތީޖާތައް އިންތިހާ އަށް ދަށްވުމުގެ ސަބަބުން، އެ ޓީމުގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކި ކުރުމަށްފަހު އެ މަގާމަށް އަމޯރިމް ހަމަޖެއްސީ މި ސީޒަންގަ އެވެ. ނަމަވެސް އަމޯރިމްގެ އިރުޝާދުގެ ދަށުން ވެސް ޔުނައިޓެޑަށް ނަތީޖާ ނުނެރެވޭތީވެ، އޭނާ އަށް ވެސް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ 17 މެޗުން 22 ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ 13 ވަނައިގަ އެވެ. ލީގުގައި ދެން ޔުނައިޓެޑަށް އޮންނާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު