Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް

މޮޅާއެކު ރެއާލް އިން ވަނީ ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު، ދެ ވަނަ އަށް ޖެހިލައިފި އެވެ. ދެ ވަނައިގައި ރެއާލް އޮތީ 40 ޕޮއިންޓާ އެއު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2024 | ހޯމަ 04:43
ރެއާލް އިން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ

ރެއާލް އިން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ތިން ލަނޑު ޖެހިއިރު، ސެވިއްޔާ އިން އެއް ލަނޑު ޖެހި އެވެ. ދެ ވަނަ ހާފުގައި ރެއާލް އިން ހަތަރު ވަނަ ލަނޑެއް ޖެހިއިރު، ސެވިއްޔާ އިން ވެސް ލަނޑެއް ޖެހި އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާާޕޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ އެވެ. އޭގެ ދިހަ މިނެޓު ފަހުން ފެޑެރިކޯ ވަލްވާޑޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ އެޑުއާޑޯ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ.

ރެއާލް އިން ތިން ވަނަ ލަނޑެއް ޖެހިތާ މިނެޓެއް ފަހުން، ސެވިއްޔާގެ ފުރަތަމަ ލަނޑު ޖެހީ އިސާކް ރޮމޭރޯ އެވެ. އެއީ ހުއާންލޫ ސަންޗޭޒް ތަނަވަސްކޮށްދިން ފުުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ވަނީ ރެއާލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ސެވިއްޔާގެ ދެ ވަނަ ލަނޑު ޖެހީ ޑޯޑީ ލުކެބަކިއޯ އެވެ.

މޮޅާއެކު ރެއާލް އިން ވަނީ ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު، ދެ ވަނަ އަށް ޖެހިލައިފި އެވެ. ދެ ވަނައިގައި ރެއާލް އޮތީ 40 ޕޮއިންޓާ އެއު އެވެ. ތިން ވަނައިގައި ބާސެލޯނާ އަށް 38 ޕޮއިންޓު ލިބެނީ 19 މެޗުންނެވެ. އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑު އޮތީ 18 މެޗުން 41 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްސެވިއްޔާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު