Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާއަކީ މިހާރު ކަށްބިމެއް، އެތަނުން ސަލާމަތްވާނެ ގޮތެއް ނެތް: އަންރުވާ

ޣައްޒާ ރައްޔިތުންގެ ނިކަމެތި ހާލަތު ދުނިޔެއަކަށް ނުފެނޭ، އެތަނުގައި މަރު ނޫން އެހެން ގޮތެއް ނެތް.

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 03:43
ޣައްޒާގެ ދިރިއުޅޭ ކުޑަކުދިން އުޅެމުން ދަނީ އިންތިހާ ނިކަމެތި ހާލަތުގައި، ބޯ ހިޔާވަހި ކަމެއް ކާބޯތަކެއްޗެއް ނުލިބޭ

ޣައްޒާގެ ދިރިއުޅޭ ކުޑަކުދިން އުޅެމުން ދަނީ އިންތިހާ ނިކަމެތި ހާލަތުގައި، ބޯ ހިޔާވަހި ކަމެއް ކާބޯތަކެއްޗެއް ނުލިބޭ

ބަނޑުހައިހޫނުކަން އާންމުވެ، ދިރިއުޅުމުގެ ހާލަތު ނިކަމެތިވެ، ބޯކޮށް ވެހޭ ފިނިމޫސުމުގެ ވާރޭ އާއި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިރިއުޅުން ނުރައްކާވެފައިވާ ޣައްޒާ އަކީ މިހާރު "ކަށްބިމެއް" ކަމަށް އަންރުވާ ގެ ސީނިއަރ އިމަރޖެންސީ އޮފިސަރ، ލުއިސް ވޯޓަރިޖް ވިދާޅުވެއްޖެއެވެ.

ޣައްޒާ ރައްޔިތުންގެ ނިކަމެތި ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހުކުރު ދުވަހު އޭނާ ވިދާޅުވީ، ޣައްޒާ ރައްޔިތުންގެ ނިކަމެތި ހާލަތު ދުނިޔެއަށް ނުފެންނަ ކަމަށެވެ.

"މި މީހުންނަށް ދިމާވަމުންދާ ކަންތައްތައް ދުނިޔެއަކަށް ނުފެނޭ. މި ޙާލަތުގައި އާއިލާތަކަށް ރައްކާތެރިކަން ލިބޭނެ އެއްވެސް ގޮތެއް ނެތް،" ލުއިސް ވޯޓަރިޖް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ އާއި އެ ދުވަހުގެ ހެނދުނު ބޯކޮށް ވެހުނު ފިނި މޫސުމުގެ ވާރޭ އަށް ފަހު ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރާތު ރެފިއުޖީ ކޭމްޕުން ވާހަކަދައްކަވަމުން، ސީނިއަރ އިމަރޖެންސީ އޮފިސަރ ވިދާޅުވީ ދެ މިލިއަނަށްވުރެ ގިނަ މީހުން ބަންދުވެފައިވާ ކަމަށާއި  އެމީހުންނަށް ސަލާމަތްވެވޭނެ ގޮތެއް ނެތް ކަމުގައެވެ.

އޭނާ ވިދާޅުވީ، ތާށިވެފައި ތިބި މީހުންނަށް އަސާސީ ބޭނުންތައް ފުރިހަމަ ކުރެވޭނެ ގޮތެއް ނެތް ކަމަށާއި، މަރުވުން ނޫން އެހެން މަގެއް އެމީހުންނަށް ނެތް ކަމުގައެވެ.

"މި ޙާލަތުގައި އާއިލާތަކަށް ހިމާޔަތްވާން އެއްވެސް ގޮތެއް ނެތް،" ވޯޓަރިޖް ވިދާޅުވިއެވެ.

ގިނަ މީހުން ދިރިއުޅެނީ ފޮތި ޓެންޓުގައި ކަން ފާހަގަ ކުރަމުން ފެން ނުވަންނަ އެއްވެސް ހިޔާވައްސެއް ނެތް ކަމަށާއި އެތާނގެ އިމާރާތްތަކުގެ 69 އިންސައްތަ އަށް ގެއްލުން ލިބި ނުވަތަ ހަލާކުވެފައިވެފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.

"މި ޙާލަތުގައި ރައްކާތެރިވާނެ އެއްވެސް ތަނެއް ނެތް."

އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާ ރައްޔިތުންނަށް ބޭނުންވާ އެހީ ނުލިބުމާއި، އަދި ލިބޭ އެހީ ފޯރުކޮށް ދިނުމުގައި އިސްރާއީލުން ތަކުރާރުކޮށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

އދ. ގެ އެހީ ވިލަރެސް ކުރާ އޮފީސް އޯސީއެޗްއޭ އިން ބުރާސްފަތި ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި އިސްރާއީލުން ހިސޯރުކޮށްފައިވާ އުތުރު ޣައްޒާ އާއި ފެނާއި ކާބޯތަކެތި ފޯރުކޮށް ދިނުމުގެ ހުއްދަ އަށް އަނެއްކާ ވެސް އެދުމުން އިސްރާއީލުން ވަނީ ހުއްދަ ދިނުމަށް ދެކޮޅު ހަދާފައެވެ. އޭގެ ސަބަބުން ބައިތު ހަނޫން އާއި، ބައިތު ލަހިޔާ އާއި ޖަބާލިޔާގެ ބޮޑު ބައެއްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނަށް ބޭނުންވާ އެއްވެސް އެހީ އެއް ފޯރުކޮށް ދެވޭނެ މަގެއް މިހާރަކު ނެތް ކަމަށް އދ އިން ވަނީ ބުނެފައެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު