Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން

ޣައްޒާ ގައި އިސްރާއީލުގެ މައްޗަށް އޮތް އިންސާނީ ވާޖިބުތަކާ ގުޅޭގޮތުން އައިސީޖޭ ގެ ލަފާ ހޯދުމަށް އދ. ގެ ޖެނެރަލް އެސެމްބްލީން ޤަރާރެއް ފާސްކޮށްފި

ނޯވޭ އިން ހުށަހެޅި މި ޤަރާރު 137 ވޯޓު ލިބިގެން ފާސްވިއިރު، އިސްރާއީލާއި އެމެރިކާ އަދި އިތުރު 10 ޤައުމަކުން ވަނީ މި ޤަރާރާ ދެކޮޅަށް ވޯޓު ދީފައެވެ.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 04:54
އިސްރާއީލުގެ ބޮޑު ވަޒީރު އދ އަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ޒިޔާރަތާ ގުޅިގެން އޭނާ އާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

އިސްރާއީލުގެ ބޮޑު ވަޒީރު އދ އަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ޒިޔާރަތާ ގުޅިގެން އޭނާ އާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

ޣައްޒާ ގައި އިސްރާއީލުގެ މައްޗަށް އޮތް އިންސާނީ ވާޖިބުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ލަފާ ހޯދުމަށް ޤަރާރެއް އދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްފިއެވެ.

ނޯވޭ އިން ހުށަހެޅި މި ޤަރާރު ފާސްވެފައިވަނީ ގަރާރާ އެއްކޮޅަށް 137 ވޯޓު ލިބިގެންނެވެ. އިސްރާއީލާއި އެމެރިކާ އަދި އިތުރު 10 ޤައުމަކުން ވަނީ މި ޤަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. 22 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މި ޤަރާރުގައި ވަކިން ޚާއްޞަކޮށް އައިސީޖޭ ގައި އެދިފައިވަނީ ފަލަސްތީނުގެ ސަރަޙައްދުތައް ގަދަކަމުން ހިފައިގެން ތިބި ބާރެއްގެ ގޮތުން އިސްރާއީލުގެ މައްޗަށް އޮތް ވާޖިބުތައް ދިރާސާކުރުމަށެވެ. ޚާއްޞަކޮށް ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ އާއި މުހިންމު އެހީގެ ތަކެއްޗާއި، ތަރައްޤީގެ އެހީ އާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ފަލަސްތީނު ރައްޔިތުންގެ އަމިއްލަ އަށް ކަންކަން ނިންމުމުގެ ޙައްޤު ދެމެހެއްޓުމަށް އެހީތެރިވުމަށް އިސްރާއީލުގެ މައްޗަށް އޮތް ޒިންމާ ދިރާސާ ކުރުމަށް ގަރާރުގައި އެދިފައިވެއެވެ. މި ޤަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރި ވުމުގައި ބޭރުގެ ޤައުމުތަކާއި އދ. ގެ އޭޖެންސީތަކުގެ ޒިންމާ އާ ބެހޭ ގޮތުން ވެސް އައިސީޖޭ ގެ ލަފައަކަށް ވަނީ އެދިފައެވެ.

ގަރާރުގައި މިކަމަށް އެދިފައިވާ އިރު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ވުމަށް މަސައްކަތް ކުރާ އދ ގެ އަންރުވާގެ މަސައްކަތްތައް މަނާކުރުމަށް އިސްރާއީލުން ނިންމާ، އަދި ފާއިތުވި އަހަރު ގާޒާގައި އދ. ގެ އޭޖެންސީތަކުން އިންސާނިއްތު ކަމުގެ ގޮތުން މަސައްކަތްތައް ކުރުމުގައި އިސްރާއީލުން ވަނީ ހުރަސްތައް ކުރިމަތި ކޮށްފައެވެ.

މި ޤަރާރުގައި "ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި އިންސާނީ ޙާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން" ފާޅުކޮށް، އިސްރާއީލަށް ގޮވާލާފައިވަނީ އެ ޤައުމުގެ ވާޖިބުތައް އަދާކުރުމަށާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލާފައިވެއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރުން ވަނީ އަންރުވާ އަކީ ޣައްޒާ ގައި އިންސާނީ އެހީގެ މައިގަނޑު ތަނބު ކަމުގައި ތަކުރާރުކޮށް ބަޔާންކޮށްފައެވެ. ފާއިތުވި މަހު ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ މާހިރުންގެ ޕެނަލަކުން ނެރުނު ރިޕޯޓެއްގައި އިންޒާރު ދީފައިވަނީ އުތުރު ޣައްޒާ ގައި "ބަނޑުހައިހޫނުކަން ފެތުރުމުގެ ވަރަށް ބޮޑު ފުރުޞަތެއް" އޮތް ކަމަށެވެ. މި ޤަރާރު ފާސްކުރި އިރު، މި ހަފްތާގެ ކުރީކޮޅު ޖެނެރަލް އެސެމްބްލީން ފަލަސްތީން އާ ބެހޭ ގޮތުން އެހެން ގަރާރެއް ވެސް ވަނީ ފާސް ކޮށްފައެވެ. އެ ޤަރާރުގައި ފަލަސްތީނު ރައްޔިތުން އަމިއްލަ އަށް ގޮތް ނިންމުމުގެ ޙައްޤު ކަށަވަރުކޮށް ދިނުމަށް ގޮވާލާފައިވެއެވެ. އެ ގަރާރުވެސް ފާސްކޮށްފައިވަނީ ގިނަ ގައުމުތަކެއްގެ ތާއީދާ އެކުގައެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު