Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލުން އިތުރު ޝަރުތު ކުރިމަތި ނުކުރާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ: ހަމާސް

ހަމާސް އިން ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މުޅިން ހުއްޓާލައި، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެތައް ސަތޭކަ ފަލަސްތީނު މީހުން ދޫކޮށްލުމަށް އެއްބަސްވެއްޖެނަމަ ރަހީނުން ދޫކޮށްލާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2024 | ބުދަ 06:18
ހަނގުރާމަ ހުއްޓާލާ ހޮސްޓެޖުން ސަލާމަތް ކުރުމަށް ބޮޑު ވަޒީރު ނަތަންޔާހޫ އަށް ޕްރެޝަރ ކުރުމަށް ތެލް އަވީވް ގައި ބޭއްވި މުޒާހަރާ އެއްގެ ތެރެއިން

ހަނގުރާމަ ހުއްޓާލާ ހޮސްޓެޖުން ސަލާމަތް ކުރުމަށް ބޮޑު ވަޒީރު ނަތަންޔާހޫ އަށް ޕްރެޝަރ ކުރުމަށް ތެލް އަވީވް ގައި ބޭއްވި މުޒާހަރާ އެއްގެ ތެރެއިން

ޤަޠަރުގައި މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަކީ "ސީރިއަސް އަދި ޕޮޒިޓިވް" މަޝްވަރާތަކެއް ކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުންދާ ހަމާސް އިން ބުނެފިއެވެ.

ހަމާސް އިން ހާމަ ކުރި ގޮތުގައި އިސްރާއީލުން އައު ޝަރުތުތައް ކަނޑައެޅުން ހުއްޓާލައިފި ނަމަ ރަހީނު ކޮށްފައި ތިބި އިސްރާއީލުގެ މީހުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އާދެވުން ވަރަށް ގާތް ކަމުގައެވެ.

ހަމާސް އިން މިކަން ހާމަ ކުރީ އަންގާރަ ދުވަހު އެ ޖަމާއަތުން ނެރުނު ބަޔާނެއްގައެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ތަކަށް ހޯމަ ދުވަހު އިސްރާއީލުގެ ވަފުދެއް ދޯހާއަށް ގޮސް މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރާ ފަރާތްތަކާ ވަނީ ބައްދަލު ކޮށްފައެވެ.

މި ބައްދަލުވުމުގެ ކުރިން ވެސް ޤަޠަރު، އެމެރިކާ އަދި މިޞްރުން ހަނގުރާމަ ހުއްޓާލުމާއި، އިސްރާއީލުގެ ރަހީނުން ދޫކޮށްލުމާ ގުޅޭގޮތުން ނުރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާތާ އެތައް މަސްތަކެއް ފާއިތުވެގެން ގޮސްފައިވެއެވެ.

ނަމަވެސް، ފާއިތުވި އަހަރުގެ ފަހުކޮޅު އެއް ހަފްތާގެ މުއްދަތައް ހަނގުރާމަ މެދުކަނޑާލުން ފިޔަވައި، މި ކުރެވުނު މަޝްވަރާތަކުން އެދެވޭ ނަތީޖާ އެއް ފެނިފައެއް ނުވެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އިޝާރާތް ކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަނގުރާމަ މެދުކަނޑާލި ފަހުން، ޣައްޒާގައި ތިބި ރަހީނުން ދޫކޮށްލުމާ ބެހޭ ގޮތުން "އެއްބަސްވުމަކާ މިހާ ގާތައް އާދެވިފައި" ނުވާ ކަމަށެވެ.

ދޯހާގައި ހުންނަ ހަމާސްގެ އިސް އޮފިޝަލަކުވެސް ހޯމަ ދުވަހު ބުނެފައިވަނީ އެއްބަސްވުމަކާ ހަމައަށް އައުމަށް "މިހާރު މިވަނީ ވަރަށް ބޮޑަށް ގާތްވެފައި" ކަމަށެވެ.

ނަމަވެސް އޭނާ އިންޒާރު ކުރި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް "ކުރިންވެސް ކޮންމެ ފަހަރަކު ކަން ކުރި ފަދައިން މި ފަހަރުވެސް އެއްބަސްވުން އުވާލެވިދާނެ" ކަމަށެވެ.

އޮކްޓޯބަރު 7 ގައި ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި ރަހީނު ކުރި 250 އަށްވުރެ ގިނަ އިސްރާއީލު މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން އަދިވެސް ޣައްޒާ ގައި ދިރި ތިބި ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ހަމާސް އިން ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މުޅިން ހުއްޓާލައި، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެތައް ސަތޭކަ ފަލަސްތީނު މީހުން ދޫކޮށްލުމަށް އެއްބަސްވެއްޖެނަމަ ރަހީނުން ދޫކޮށްލާނެ ކަމަށެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު