Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޔަމާލްގެ އުންމީދަކީ 21 އަހަރުވުމުގެ ކުރިން ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން

އޭނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެ ނަމަ، ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ބޮޑު ވާނެ ކަމަށް ޔަމާލް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2024 | ބުދަ 04:05
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް

އުމުރުން 21 އަހަރު ވުމުގެ ކުރިން ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ބުނެފި އެވެ.

ޔަމާލް މިހެން ބުނީ، އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މިހާރު އުމުރުން 17 އަހަރުވެފައިވާ ޔަމާލް ބުނީ، އޭނާގެ އުމުރުން 21 އަހަރުވުމުގެ ކުރިން ވޯލްޑް ކަޕްގެ އިތުރުން، ބާސެލޯނާ އާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ. އަދި އޭނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެ ނަމަ، ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ބޮޑު ވާނެ ކަމަށް ޔަމާލް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޔަމާލް ބުނީ ބާސެލޯނާ އާއެކު އޭނާ ކުރިއަށް ދާން ބޭނުންވާ ކަމަށާއި، އެ ކުލަބާ އެކު ގިނަ ކާމިޔާބީތައް ޙާސިލު ކުރަން ބޭނުންވާ ކަމަށެވެ. އަދި ބާސެލޯނާ އަކީ އަބަދު ވެސް އޭނާ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި، އެ ކުލަބަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް ޔަމާލް ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ސީނިއާ ޓީމުން ޔަމާލް އަށް ފުރުސަތު ލިބުނީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 72 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އިން 23-2022 ވަނަ ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރިއިރު، ބާސެލޯނާގެ ސްކޮޑުގައި ޔަމާލް ހިމެނެ އެވެ. އޭނާ އަކީ މިވަގުތު ބާސެލޯނާގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެެރިޔާ އެވެ.

މީގެ އިތުރުން ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ޔަމާލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ސްޕެއިންގެ ޤައުމީ ޓީމުން ވެސް އޭނާ އަށް ފުރުސަތު ލިބުނީ 2023 ވަނަ އަހަރު އެވެ. ޔަމާލް ވަނީ މިހާތަނަށް ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެދިން 17 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. ސްޕެއިން އާއެކު އޭނާ ވަނީ މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ވެސް ޔަމާލް އެވެ.

ބާސެލޯނާލަމިން ޔަމާލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް