Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސް ބަލިކުރުމަށްފަހު ފުރިހަމަ މިނިވަން ކަމާއެކު އިސްރާއީލަށް ޣައްޒާގައި ބޭނުން ގޮތެއް ހެދޭނެ: ދިފާއީ ވަޒީރު

އިސްރާއީލުން އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި ހުރި އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް ބޮން އަޅާ އެއް ޢާއިލާއަކަށް ނިސްބަތްވާ 10 އާންމު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައި

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2024 | އަންގާރަ 08:13
ނޮވެމްބަރު 11، 2024 ގައި ޣައްޒާ އަށް ވަންނަން ތައްޔާރު ވަމުން ދިޔަ އިސްރާއީލުގެ ސިފައިންގެ ފައުޖެއް

ނޮވެމްބަރު 11، 2024 ގައި ޣައްޒާ އަށް ވަންނަން ތައްޔާރު ވަމުން ދިޔަ އިސްރާއީލުގެ ސިފައިންގެ ފައުޖެއް

ހަމާސް ބަލިކުރުމަށްފަހު އިސްރާއީލަށް ޣައްޒާގެ ސަލާމަތީ ބާރު ލިބި، ފުރިހަމަ މިނިވަންކަމާއެކު ބޭނުން ގޮތަކަށް ކަންކަން ކުރެވޭނެ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާ ގައި ހިނގަމުންދާ އަނިޔާވެރި ހަނގުރާމަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ކޮންމެ ރެޔަކާއި ދުވާލު ޣައްޒާގެ އެތައް ތަނަކަށް ބޮން އަޅާ ފަލަސްތީނުގެ އެތައް ބަޔަކު ގެންދަނީ ޝަހީދު ކުރަމުންނެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު އާންމުންގެ އެތައް ގެއެއްގައި ޑައިނަމައިޓް ހަރުކޮށް ގެންދަނީ ގޮއްވަމުންނެވެ.

އެންމެ ފަހުން އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި ހުރި އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް ބޮން އަޅާ އެއް ޢާއިލާއަކަށް ނިސްބަތްވާ 10 އާންމު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

އޭގެ އިތުރުން ނުރައްކާތެރި އެހެން ހާދިސާ އެއްގައި ކަމާލް އަދްވާން ހޮސްޕިޓަލަށް އަމާޒުކޮށް ޑްރޯންތަކުން 10 އަށް ވުރެ ގިނަ ބޮން އަޅާފައިވެއެވެ.

ތަކުރާރުކޮށް ބޮންއެޅުމާއި އެ ސަރަޙައްދު ހިސޯރު ކޮށްފައި އޮތުމުގެ ސަބަބުން ހޮސްޕިޓަލުގެ ކަރަންޓު މުޅިން ކެނޑި، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި މެޑިކަލް ސަޕްލައި ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އަނެއްކޮޅުން ޣައްޒާ ސްޓްރިޕްގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ޚުޒާޢާ އަވަށުގަ އާއި ނުސީރާތު ކޭމްޕުގެ އުތުރުގައި ބޮޑެތި އާޓިލަރީ ހަމަލާތައް ދަނީ ދެމުންނެވެ. އަދި ރަފާ ސިޓީގައި އާންމުންގެ ގެތައް ދަނީ ޑައިނަމައިޓް އަޅާ ސުންނާފަތި ކުރަމުންނެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު