Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ދެވުނު އެންމެ ބޮޑު ގެއްލުމެއް ދޭން އިސްރާއީލުން ފޮނުވާ މިސައިލްތަކަށް ހުންނަނީ މޮހޮރާއި ކުދިކޮށްފައިވާ މައުދަން އަޅާ ފުރާފައި

ޣައްޒާ ގައި އިސްރާއީލުން ޝަހީދު ކޮށްލި މީހުންގެ އަދަދު 45،000 ން މައްޗަށް

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2024 | އަންގާރަ 01:00
ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި ބައެއްގެ ހަށިތައް އެމްބިއުލާންސް ގައި ގެންދަނީ

ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި ބައެއްގެ ހަށިތައް އެމްބިއުލާންސް ގައި ގެންދަނީ

ޣައްޒާ ގައި އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 45،000ން މައްޗަށް ހިނގައްޖެއެވެ.

ހަމަލާތަކުގައި ޝަހީދު ވާ މީހުންނާއި ޒަޚަމްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އިސްރާއީލުގެ ބާރުތަކުން ޣައްޒާ އަށް ދޭ ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ.

ހޯމަ ދުވަހުގެ ރޭ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ހަމަލާދީފައި ވާއިރު، ބައިތު ލަހިޔާ ގައި 2 މީހުން، ޝާޠީ ރެފިއުޖީ ކޭމްޕުގައި 4 މީހުން، އަދި ޣައްޒާ ސިޓީގައި އިތުރު 5 މީހުން ޝަހީދު ކޮށްލާފައިވެއެވެ.

ކަމާލު އަދްވާން ހޮސްޕިޓަލަށް މީގެ ކުރިންވެސް އިސްރާއީލުން ހަމަލާދީފައި ވާއިރު، އެތަނުގެ މުވައްޒަފުން ބުނެފައި ވަނީ ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓަށް ސްނައިޕަރުން ހަމަލާދީފައިވާ ކަމަށެވެ. ޣައްޒާގައި ހުންނަ އަލް އަޤްޞާ ޓީވީން ބުނި ގޮތުގައި އިސްރާއީލުގެ ކުއަޑްކޮޕްޓަރ ޑްރޯންތަކުން ހޯމަ ދުވަހުގެ ރޭ ހޮސްޕިޓަލަށް ވަނީ 10ށް ވުރެ ގިނަ ބޮން އަޅާފައެވެ. މީގެ ސަބަބުން ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

މި ހަމަލާތައް ދިން އިރު އޭގެ ކުރީ ދުވަހު، އިސްރާއީލުގެ ބާރުތަކުން ޚާން ޔޫނިސްގައި ހުރި އދ. ގެ އަންރުވާ އިން ހިންގާ ސްކޫލަކަށް ބޮންއަޅައި މަދުވެގެން 20 މީހުން ޝަހީދު ކޮށްލާފައެވެ. އަދި ބައިތު ހަނޫންގައި ހުރި އެހެން ސްކޫލަކަށް އެއްގަމުން ހަމަލާދީ 43 ފަލަސްޠީނު މީހުން ޝަހީދު ކޮށްލިއެވެ.

ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ އަލް ޝާޠީ ރެފިއުޖީ ކޭމްޕުގައި ތިބި ބަޔަކަށް އިސްރާއީލުގެ ޑްރޯނަކުންނާއި މިސައިލްތަކަކުން ހޯމަ ދުވަހުގެ ރޭ ހަމަލާދީފައިވެއެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ 4 މީހުން ވަގުތުން ޝަހީދުވި ކަމަށެވެ.

ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ މަންޒަރުތައް ދައްކަން ކެރޭ ވަރަށް ވުރެ އަނިޔާވެރި ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ. އެހެން ނަމަވެސް މިސައިލްތަކުން ހަށިތައް ކުދިކުދިވެފައިވާ ކަމަށް ރިޕޯޓަރު ބުންޏެވެ. އަލްޖަޒީރާ އިން ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން ބޭނުންކުރާ މިސައިލްތަކަށް ހުންނަނީ މޮހޮރާއި ކުދިކޮށްފައިވާ މައުދަންތައް އަޅާ ފުރާފައެވެ. އަދި އެތަކެތި ގޮވުމުން، ހަށިގަނޑުގެ ތެރެއަށް ތޮރުފިގެން ގޮސް ގައިން ބައިވަރު ލޭތައް ބޭރުވުމަށް މަގުފަހިވާ ކަމަށް ބުނެފައިވެއެވެ.

2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 45،028 ފަލަސްޠީނު މީހުން ޝަހީދުވެ، 106،962 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު