Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި

މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާންގެ ފުރަތަމަ ބައްޔެވެ. މިހާތަނަށް ކުޅުނު 14 މެެޗުން 33 ޕޮއިންޓާ އެކު ބަޔާން އޮތީ އެއް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2024 | އާދީއްތަ 05:07
މައިންޒު އަދި ބަޔާން ކުޅުނު މެޗުގެ ތެރެއިން

މައިންޒު އަދި ބަޔާން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި މައިންޒާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މި ސީޒަންގެ ލީގުގައި ބަޔާން މިއުނިކުން ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މައިންޒުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ބަޔާންގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި މައިންޒުން ދެ ލަނޑު ޖަހައި ލީޑު ހޯދި ފަހުން، ބަޔާނުން ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، މައިންޒަށް ލީޑު ނަގައިދިނީ ލީ ޖައެ ސުން އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އޭނާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި، މައިންޒަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ އާމިންޑޯ ސިއެބް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ބަޔާންގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ލެރޯއީ ސާނޭ އެވެ.

މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާންގެ ފުރަތަމަ ބައްޔެވެ. މިހާތަނަށް ކުޅުނު 14 މެެޗުން 33 ޕޮއިންޓާ އެކު ބަޔާން އޮތީ އެއް ވަނައިގަ އެވެ. 10 މެޗުން ބަޔާން މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވެ އަދި އަނެއް ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނަށް ލިބެނީ 29 ޕޮއިންޓެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު