Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ރައްކާތެރި ސަރަހައްދެއް ކަމަށް ބުނާ ނުސީރާތު ކޭމްޕަށް ގަދަފަދަ ހަމަލާތަކެއް ދީފި

14 ޑިސެމްބަރު 2024 | ހޮނިހިރު 08:28

އިސްރާއީލުން ހުއްޓުމެއް ނެތި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާ ތަކުގައި ވޭތުވެދިޔަ 70 ދުވަހުގެ ތެރޭގައި އެތައް ހާސް މީހުން ޝަހީދުވެފައިވެއެވެ.

ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2024 | ހޮނިހިރު 08:28
ނުސީރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ގައި ޝަހީދުވި ބައެއް މީހުންގެ ހަށިތަކާއެކު އާއިލާތަކުން ހިތާމަ ކުރަނީ

ނުސީރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ގައި ޝަހީދުވި ބައެއް މީހުންގެ ހަށިތަކާއެކު އާއިލާތަކުން ހިތާމަ ކުރަނީ

އިސްރާއީލުގެ ފައުޖުތަކުން ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައިވާ ނުސެއިރާތު ރެފިއުޖީ ކޭމްޕަށް ވަރަށް ގަދަފަދަ ހަމަލާއެއް ދީފިއެވެ. މިއީ އާންމު ރައްޔިތުންނަށް "ރައްކާތެރި ސަރަހައްދެއް" ކަމުގައި އިސްރާއީލުން އިއުލާނު ކޮށްފައި އޮންނަ ސަރަހައްދެކެވެ.

ހުކުރު ދުވަހު ކޭމްޕުގެ އާންމުން ދިރިއުޅޭ އިމާރާތްތަކާއި ޕޯސްޓް އޮފީހަށް އަމާޒުކޮށް ދިން މި އަނިޔާވެރި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެ ނުވަތަ ގެއްލިފައިވެއެވެ.

މީގެ ކުރިން ބުރާސްފަތި ދުވަހު ވެސް އިސްރާއީލުން މި ކޭމްޕުގެ އާންމުން ދިރިއުޅޭ ބްލޮކަކަށް ހަމަލާދީ، 40 މީހުން ޝަހީދު ކޮށްލައި، އަދި އެތައް ބަޔަކު އިމާރާތްތަކުގެ ދަށުވެ ތާށިވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

އަދި ހުކުރު ދުވަހު ވެސް، އިސްރާއީލީ ބާރުތަކުން ޣައްޒާ ސިޓީގެ މެދުތެރޭގައިވާ ސިނާޢީ ސަރަހައްދާ ކައިރިން ދިން ވައިގެ ހަމަލާއެއް ގައި ފަލަސްޠީނުގެ ފޮޓޯގްރާފަރަކާއި އިތުރު ޒުވާނަކު ޝަހީދު ކޮށްލިއެވެ. މީގެ އިތުރުން، ސިޓީގެ ހުޅަނގު އުތުރުގައިވާ ޝެއިޚް ރަޟްވާން ސަރަހައްދަށް ބޮންއެޅުމުގެ ސަބަބުން އަލް-އަޤްޞާ ޔުނިވަރސިޓީގެ ޕްރޮފެސަރަކާއި އޭނާގެ އަނބިކަނބަލުން ވަނީ ޝަހީދުވެފައެވެ.

ދެކުނު ޣައްޒާގެ ޚާން ޔޫނިސް ސިޓީގެ ދެކުނުގައިވާ ޤިޒާން އަލް-ނައްޖާރު އަދި ޖައުރަތު އަލް-ލޫތު ސަރަހައްދުތަކުގައި ހުރި ރެފިއުޖީ ދެ ޓެންޓަކަށް ދިން މިފަދަ އެހެން ހަމަލާއެއްގައި އިތުރު ތިން މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާ ތަކުގައި ވޭތުވެދިޔަ 70 ދުވަހުގެ ތެރޭގައި އެތައް ހާސް މީހުން ޝަހީދުވެފައިވެއެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
22 ނޮވެމްބަރު 2025

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި
20 ނޮވެމްބަރު 2025

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް