Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ މިނިސްޓްރީ ބޮޑު ހުޅު ހާދިސާ

"އަލިފާނުގެ ހާދިސާގައި ސަރވަރ އަށް ވަނީ ގެއްލުންވެފައި، ލިޔެކިޔުންތައް ގެއްލިއްޖެ ނަމަ ހޯދޭނެ ގޮތެއް ނެތް"

14 ޑިސެމްބަރު 2024 | ހޮނިހިރު 03:39

ބުރާސްފަތި ދުވަހު މިނިސްޓްރީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެ ވަނީ އަނދާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2024 | ހޮނިހިރު 03:39
ަހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު

ަހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު

ހައުސިންގ މިނިސްޓްރީގެ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ހުރި ސަރވަރ އަށް އަސަރުކޮށްފައިވާ ކަމަށާއި ލިޔެކިޔުންތައް ގެއްލިއްޖެ ނަމަ ހޯދޭނެ ގޮތެއް ނެތް ކަމަށް ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ބަސްތީގަތުމެއްގައެވެ. މިނިސްޓަރ ވަނީ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންގެ މައުލޫމާތާއި މަޝްރޫޢުތަކުގެ މައުލޫމާތު ހިމެނޭ ސަރވަރ އަށް އަސަރުކޮށްފައިވާކަން ހާމަކުރައްވާފައެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު ރާއްޖެއެމްވީ އަށް ހިއްސާކުރައްވަމުން އަލިފާނުގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް ވަނީ އަނދާފައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ގެއްލުނީ ކޮން މައުލޫމާތެއްކަން އެނގޭނީ ފުލް ރިކަވަރީ އެސެސްމެންޓަކަށް ފަހުގައި ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ އެފަދައިން ވިދާޅުވި ނަމަވެސް ޕީއެސްއެމްއަށް ދެއްވި ބަސްތީގަތުމުގައި އެމަނިކުފާނު ވިދާޅުވީ އަނދައިގެންދިޔަ ސާވާގައި ހުރި މައުލޫމާތު ސަލާމަތް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. މިނިސްޓަރ ވަނީ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފައެވެ. އެ ހިސާބުން ހައުސިން މިނިސްޓްރީގެ ހުރިހާ މައުލޫމާތެއް ގެއްލުމުގެ ފުރުސަތު އޮތްކަމަށް ދޭހަވާ މޭރުމަކުން އެމަނިކުފާނު ވަނީ އެ ބަސްތީގަތުމުގައި ވާހަކަދައްކަވާފައެވެ.

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް މައުލޫމާތަކަށް އަސަރެއް ނުކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. މިނިސްޓްރީން ބުނީ މިހާދިސާއާ ގުޅިގެން މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި، ލިޔުންތަކަކީ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތު ކަމަށެވެ. އަދި މިހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން ޑރ. އަލީ ހައިދަރު އަހުމަދު، ހައުސިންގ މިނިސްޓަރ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
20 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވަނީ

20 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވަނީ
18 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

18 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
16 ޑިސެމްބަރު 2024

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގެ ހާދިސާ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅަނީ

16 ޑިސެމްބަރު 2024
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގެ ހާދިސާ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅަނީ
16 ޑިސެމްބަރު 2024

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ

16 ޑިސެމްބަރު 2024
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ
15 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާގައި ހައުސިންގ އާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ - މުއްތަލިބް

15 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާގައި ހައުސިންގ އާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ - މުއްތަލިބް
14 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ
14 ޑިސެމްބަރު 2024

މިހާރު ދެން ކޮން ޑްރާމާއެއްތޯ؟ އޮޕަރޭޝަން ކާމިޔާބެވެ، އެކަމަކު ބަލި މީހާ ވީ މަރެވެ

14 ޑިސެމްބަރު 2024
މިހާރު ދެން ކޮން ޑްރާމާއެއްތޯ؟ އޮޕަރޭޝަން ކާމިޔާބެވެ، އެކަމަކު ބަލި މީހާ ވީ މަރެވެ
14 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީގެ ބޮޑު ހުޅު ކޮންޓްރޯލް ކުރަން 6 ގަޑީއިރާއި 15 މިނެޓް ހޭދަވި: އެމްއެންޑީއެފް

14 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީގެ ބޮޑު ހުޅު ކޮންޓްރޯލް ކުރަން 6 ގަޑީއިރާއި 15 މިނެޓް ހޭދަވި: އެމްއެންޑީއެފް
13 ޑިސެމްބަރު 2024

"އަލިފާނުގެ ހާދިސާގައި ގެއްލުނު ގިނަ ލިޔުންތައް ރިކަވަރ ވާނެ ކަމަށް ބެލެވޭ، ގެއްލުމުގެ ތަފްސީލް އެނގޭނީ އެސެސްމެންޓަށް ފަހު"

13 ޑިސެމްބަރު 2024
"އަލިފާނުގެ ހާދިސާގައި ގެއްލުނު ގިނަ ލިޔުންތައް ރިކަވަރ ވާނެ ކަމަށް ބެލެވޭ، ގެއްލުމުގެ ތަފްސީލް އެނގޭނީ އެސެސްމެންޓަށް ފަހު"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް