Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ތިން މިނިސްޓްރީގައި އަލިފާން ރޯވުމުގެ ކުރިން ވެސް ކަރަންޓުގެ މައްސަލަ އުޅޭކަން އެނގޭ: ފުލުހުން

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:14

ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އަބްދުﷲ ރަޝީދު ވިދާޅުވީ، ތިން މިނިސްޓްރީގައި އަލިފާާން ރޯވީ ކަރަންޓުގެ މައްސަލައެއް ދިމާވެ، ނަރުތަކެއްގައި ޝޯޓުވެގެންކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:14
ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ރައީސް މުއިއްޒު ހުއްޓިވަޑައިގެން

ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ރައީސް މުއިއްޒު ހުއްޓިވަޑައިގެން | ރައީސް އޮފީސް

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވެ، ތިން މިނިސްޓްރީ އެއްކޮށް އަނދައި އަޅިއަށް ވެގެން ދިޔަ ހާދިސާގެ ކުރިން ވެސް، އެ އިމާރާާތުގައި ކަރަންޓުގެ މައްސަލަ އުޅޭކަން އެނގޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ތިން މިނިސްޓްރީގައި އަލިފާން ރޯވި ހާދިސާގެ ވީޑިއޯ ފުޓޭޖު އާންމުކޮށްފަ އެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު އެ ތަނަށް ދިޔަ ފުލުހުންގެ ގައިގައި ހަރުކޮށްފައި ހުރި ބޮޑީކެމްގެ ވީޑިއޯ ވަނީ އާންމުކޮށްފަ އެވެ. 

Advertisement - newsAdvertisement

ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އަބްދުﷲ ރަޝީދު ވިދާޅުވީ، ތިން މިނިސްޓްރީގައި އަލިފާާން ރޯވީ ކަރަންޓުގެ މައްސަލައެއް ދިމާވެ، ނަރުތަކެއްގައި ޝޯޓުވެގެންކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މިހެން ވިދާޅުވެފަ އެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ، ރޯވެފައިވާ ކަރަންޓު ނަރުތަކަކީ އެ އިމާރާތުގެ ދަތި ދޭތެރެތަކުގައި ހުރި ނަރުތަކެއް ކަމަށްވާތީ، އަލިފާން ނިއްވުމުގައި ދަތިތަކެއް ދިމާވި ކަމަށާއި، އެކަމުގެ ސަބަބުން ކޮންޓްރޯލް ނުވެގެން ގޮސް އަލިފާން ހިފައިގެން ފެތުރިގެން ދިޔައީ ކަމަށެވެ. އަލިފާާން އެންމެ ފުރަތަމަ ރޯވެފައި ހުއްޓޭ ފެނުނު ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓުގެ މައްސަލަ އުޅޭކަން މީގެ ކުރިން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ. 

މީގެ އިތުރުން އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން، އަލިފާން ރޯވެފައި ހުރި ތަންތަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ވެސް، އެ އިމާރާތުގެ ބައެއް ތަންތަނުގައި ކަަރަންޓު ހުރި ކަމަށް ފާހަގަކުރެވުނު ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. 

ސަރުކާާރުގެ ތިން މިނިސްޓްރީ ހިންގަމުން ދިޔަ މި އިމާާރާތުގައި އަލިފާާން ރޯވެފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަލިފާނުގެ ހާާދިސާ ކޮންޓްރޯލް ކުރެވުނީ މެންދުރުވީ ފަހުންނެވެ. މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އައި އިމާރާތް ވަނީ އަނދައި، އަޅިއަށްވެފަ އެވެ.

ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން ދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ވޭޕްގެ ވިޔަފާރިކޮށް މަނިލޯންޑަރ ކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

22 ސެޕްޓެމްބަރު 2026
ވޭޕްގެ ވިޔަފާރިކޮށް މަނިލޯންޑަރ ކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
22 ސެޕްޓެމްބަރު 2026

ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް ސެޒެއިރު ހަމަލާ ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

22 ސެޕްޓެމްބަރު 2026
ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް ސެޒެއިރު ހަމަލާ ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
21 ސެޕްޓެމްބަރު 2026

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

21 ސެޕްޓެމްބަރު 2026
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
21 ސެޕްޓެމްބަރު 2026

ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ

21 ސެޕްޓެމްބަރު 2026
ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ
20 ސެޕްޓެމްބަރު 2026

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

20 ސެޕްޓެމްބަރު 2026
ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި
19 ސެޕްޓެމްބަރު 2026

3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި

19 ސެޕްޓެމްބަރު 2026
3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި
17 ސެޕްޓެމްބަރު 2026

މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި

17 ސެޕްޓެމްބަރު 2026
މާލޭގައި މާރާމާރީއެއް ހިންގައި، އެކަކު ޒަޚަމްކޮށްލައިފި
14 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް

14 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް
09 ސެޕްޓެމްބަރު 2026

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި

09 ސެޕްޓެމްބަރު 2026
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި
08 ސެޕްޓެމްބަރު 2026

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި

08 ސެޕްޓެމްބަރު 2026
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް