Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިންގ މިނިސްޓްރީ ބޮޑު ހުޅު ހާދިސާ

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

ސީޕީ ވަނީ އަލިފާން ނިއްވުމުގައި ސިފައިންނަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2024 | ހޮނިހިރު 14:46
ސީޕީ އަލީ ޝުޖާއު

ސީޕީ އަލީ ޝުޖާއު

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަން ނިންމާފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގައި ރޯވި އަލިފާނުގެ ހާދިސާ އާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދަރުބާރުގޭގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވަނީ އަލިފާން ނިއްވުމުގައި ސިފައިންނަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ފަދަ ބޮޑު ހާދިސާއެއްގެ ތަހުގީގު ފުލުހުން ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އާއްމުންނަށް ސީޕީ ވަނީ ދެއްވާފައެވެ. އިތުރަށް ސީޕީ ވިދާޅުވީ އެ ތަހުގީގު ކުރިއަށްދާނީ ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަމާއި އެކުގައި ކަަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސީޕީ ވަނީ ރައްޔިތުންނާއި ހަމައަށް އެކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ފާހަގަކުރައްވާފައެވެ. ސީޕީ އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުންނަށް ހަވާލު ކޮށްފައިވާ ކަމަށެވެ. އެއާއި އެކު ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ.

މިނިސްޓްރީ އޮފް ހައުސިން ަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
20 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވަނީ

20 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވަނީ
18 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

18 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
16 ޑިސެމްބަރު 2024

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގެ ހާދިސާ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅަނީ

16 ޑިސެމްބަރު 2024
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގެ ހާދިސާ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު