Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކެމްގެ މައްސަލަ

ސްކޭމްގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

13 ޑިސެމްބަރު 2024 | ހުކުރު 10:52

ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދޭ

މަޚްތޫމް
މަޚްތޫމް | 13 ޑިސެމްބަރު 2024 | ހުކުރު 10:52
ސްކޭމްގެ މައްސަލަ އަނެއްކާވެސް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި

ސްކޭމްގެ މައްސަލަ އަނެއްކާވެސް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި | ރާއްޖެއެމްވީ

ސްކޭމްގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަން ފާހަގަކުރެވިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ މައްސަލަތަކުން ކަމަށެވެ.

Advertisement - newsAdvertisement

މި އައު އުކުޅުގައި، ސްކޭމަރުން ވިކްޓިމަށް ގުޅައި، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެއެވެ. އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވަރ ކުރުމަށް ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދެއެވެ. އެ ކޯޑު ހިއްސާ ނުކުރުމުން، ދެން އެދެނީ ވިކްޓިމްގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށެވެ.

މި ނަންބަރު ހިއްސާކުރުމުން މި ނަންބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބަރ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގައެވެ.

މިކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރެއެވެ. އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ފައިސާ ދެއްކުމުން މުދާ ޑެލިވަރ ނުކޮށްދޭ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިފައިވެއެވެ.

ފުލުހުން ވަނީ މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗަރ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި "ހޯމް އާޓް ފަރުނީޗަރ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރައްވާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރެއްވުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސްކޭމް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކޮށް ބަންދު ކުރި 4 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި!

17 އޮކްޓޯބަރު 2026
ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކޮށް ބަންދު ކުރި 4 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި!
13 އޮކްޓޯބަރު 2026

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

13 އޮކްޓޯބަރު 2026
މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!
09 އޮކްޓޯބަރު 2026

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

09 އޮކްޓޯބަރު 2026
ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!
08 އޮކްޓޯބަރު 2026

ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް

08 އޮކްޓޯބަރު 2026
ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް
08 އޮކްޓޯބަރު 2026

ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި

08 އޮކްޓޯބަރު 2026
ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި
04 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

04 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް
03 އޮކްޓޯބަރު 2026

ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީގައި އުޅަނދު ޕާކު ކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

03 އޮކްޓޯބަރު 2026
ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީގައި އުޅަނދު ޕާކު ކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
02 އޮކްޓޯބަރު 2026

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

02 އޮކްޓޯބަރު 2026
"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!
30 ސެޕްޓެމްބަރު 2026

އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް

30 ސެޕްޓެމްބަރު 2026
އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް
26 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް