Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާ

އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް

30 ސެޕްޓެމްބަރު 2026 | ބުދަ 03:44

ރ. އަނގޮޅިތީމުގައި އުމުރުން 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް މަރާލާނެ ކަމަށް ބިރުދެއްކި މައްސަލައިގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، އަނިޔާ ލިބުނު މީހާއަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 ސެޕްޓެމްބަރު 2026 | ބުދަ 03:44
ރ. އަނގޮޅިިތީމު: އެ ރަށުގައި އުމުރުން 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް މަރާލާނެ ކަމަށް ބިރުދެއްކި މައްސަލައިގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ބަންދުކޮށްފައިވޭ

ރ. އަނގޮޅިިތީމު: އެ ރަށުގައި އުމުރުން 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް މަރާލާނެ ކަމަށް ބިރުދެއްކި މައްސަލައިގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ބަންދުކޮށްފައިވޭ | ސޯޝަލް މީޑިއާ

ރ. އަނގޮޅިތީމު ގެއަކަށް ވަދެ، އެ ރަށުގެ އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާ 15 ދުވަހަށް ބަންދު ކޮށްފި އެވެ. 

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

Advertisement - newsAdvertisement

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 27 ވީ ހުކުރު ދުވަހުގެރޭ 8:30 އެހައިކަންހާއިރު އެވެ. ފުލުހުން ބުނީ އަނގޮޅިތީމު ގެއަކަށް ވަދެ ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ޖިންސީގޯނާ ކުރުމުގެ އިތުރުން، މަރާލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 28 ވީ ހޮނިހިރު ދުވަހުގެރޭ 9:57 އެހައިކަންހާއިރު އެވެ. ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

މި އަނިޔާވެރި އަމަލުގެ ޝިކާރައަކަށްވި އުމުރުން ދުވަސްވީ އަންހެން މީހާއަށް ވަނީ އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާ ދީފަ އެވެ. ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު އެ މީހާ ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރ. އަނގޮޅިތީމުޖިންސީ ގޯނާމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2026

އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

29 ސެޕްޓެމްބަރު 2026
އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!
25 ސެޕްޓެމްބަރު 2026

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
25 ސެޕްޓެމްބަރު 2026

3 މިނިސްޓްރީގައި ރޯވި ހާދިސާ: ވީޑިއޯ ފުޓޭޖްތަކުގެ ވަގުތުތަކުން އަލިފާން ނިއްވާ ސިފައިން ދިޔަ ވަގުތާ މެދު ފުލުހުންނަށް ސުވާލުތަކެއް

25 ސެޕްޓެމްބަރު 2026
3 މިނިސްޓްރީގައި ރޯވި ހާދިސާ: ވީޑިއޯ ފުޓޭޖްތަކުގެ ވަގުތުތަކުން އަލިފާން ނިއްވާ ސިފައިން ދިޔަ ވަގުތާ މެދު ފުލުހުންނަށް ސުވާލުތަކެއް
21 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހުން ހައްޔަރުކޮށް، 5 ދުވަހަށް ބަންދުކޮށްފި

21 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހުން ހައްޔަރުކޮށް، 5 ދުވަހަށް ބަންދުކޮށްފި
18 ސެޕްޓެމްބަރު 2026

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ދެ މީހުން 5 ދުވަހަށް ބަންދުކޮށްފި

18 ސެޕްޓެމްބަރު 2026
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ދެ މީހުން 5 ދުވަހަށް ބަންދުކޮށްފި
13 ސެޕްޓެމްބަރު 2026

ކުރިން ވެސް ފުރުގާން މިސްކިތުގެ ހުރުމަތް ކެނޑި މީހާ އަނެއްކާވެސް ހަމަ އެ މައްސަލައިގައި ހައްޔަރުކޮށްފި

13 ސެޕްޓެމްބަރު 2026
ކުރިން ވެސް ފުރުގާން މިސްކިތުގެ ހުރުމަތް ކެނޑި މީހާ އަނެއްކާވެސް ހަމަ އެ މައްސަލައިގައި ހައްޔަރުކޮށްފި
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
05 ސެޕްޓެމްބަރު 2026

ވީނުވީއެއް ނޭނގި މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

05 ސެޕްޓެމްބަރު 2026
ވީނުވީއެއް ނޭނގި މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
05 ސެޕްޓެމްބަރު 2026

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

05 ސެޕްޓެމްބަރު 2026
16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް