Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައިކަލުން ޖެއްސުން

ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކޮށް ބަންދު ކުރި 4 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި!

17 އޮކްޓޯބަރު 2026 | ހޮނިހިރު 22:08

ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާތީ، އެމީހުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ. ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްތުގައި ހިންގި މި އަމަލުގައި ބައިވެރިވި ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފަ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 އޮކްޓޯބަރު 2026 | ހޮނިހިރު 22:08
ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް | ޕޮލިސް

ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގެ ތުހުމަތުގައި 4 މީހުން ހައްޔަރު ކޮށްފި އެވެ. 

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހުމުގެ ސަބަބުން އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެ އޮފިސަރަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

Advertisement - newsAdvertisement

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ބެރިކޭޑްގައި ޖައްސައި، އެއަށްފަހު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް މިކަމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި މި އަމަލުގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް، އެމީހުން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

އެ 4 މީހުން ވެސް 5 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. ކޯޓު އަމުރުތަކުގައިވާ ގޮތުން އެ 4 މީހުން ވެސް މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް އެވެ. 

މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ފަސްޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން، މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

ސިނަމާލެ ބުރިޖުކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު އެކްސިޑެންޓުވުން: 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ދިޔައީ ސީދާ ފުލުހުންނާ ދިމާއަށް!

17 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު އެކްސިޑެންޓުވުން: 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ދިޔައީ ސީދާ ފުލުހުންނާ ދިމާއަށް!
13 އޮކްޓޯބަރު 2026

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

13 އޮކްޓޯބަރު 2026
މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!
12 އޮކްޓޯބަރު 2026

އާރަށު މައްސަލައިގެ ދައުލަތުގެ ހެއްކެއްގެ ގޮތުގައި މެންބަރު ނާޒިމް ބަލައިނުގަނެވޭނެކަމަށް ކޯޓުން ނިންމައިފި

12 އޮކްޓޯބަރު 2026
އާރަށު މައްސަލައިގެ ދައުލަތުގެ ހެއްކެއްގެ ގޮތުގައި މެންބަރު ނާޒިމް ބަލައިނުގަނެވޭނެކަމަށް ކޯޓުން ނިންމައިފި
11 އޮކްޓޯބަރު 2026

ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!

11 އޮކްޓޯބަރު 2026
ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!
09 އޮކްޓޯބަރު 2026

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

09 އޮކްޓޯބަރު 2026
ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!
09 އޮކްޓޯބަރު 2026

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

09 އޮކްޓޯބަރު 2026
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ
09 އޮކްޓޯބަރު 2026

ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

09 އޮކްޓޯބަރު 2026
ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
08 އޮކްޓޯބަރު 2026

ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް

08 އޮކްޓޯބަރު 2026
ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް
08 އޮކްޓޯބަރު 2026

ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި

08 އޮކްޓޯބަރު 2026
ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި
07 އޮކްޓޯބަރު 2026

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!

07 އޮކްޓޯބަރު 2026
ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް