Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި

8 އޮކްޓޯބަރު 2026 | ބުރާސްފަތި 08:10

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ޖިނާއީ ކުށެއް ނެތް ކަމަށް ނިންމައި ފުލުހުން އެ މައްސަލަ ފައިލްކޮށްފި. މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާއިރު، މިއީ ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ބައްލަވަމުން ގެންދަވަނިކޮށް އޭސީސީން ހުށަހެޅި ތުހުމަތުތަކެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 08:10
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު | ރާއްޖެއެމްވީ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ. 

ޑރ. އަޒްމިރާލްދާ، އޭނާގެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ބުނީ، އެ މައްސަލައިގައި ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކޮށް ބެލިއިރު މި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާތީ މައްސަލަ އެ ޚިދުމަތުގައި ފައިލްކުރެވިފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ. 

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އޭސީސީ އިން ޖޭއެސްސީ އަށް އެންގުމާ ގުޅިގެން ބަލަން ފެށުނު މައްސަލައެކެވެ. ސަރުކާރުގެ މަސްލަހަތު އޮތް މުހިންމު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ލިބުނު އެ އެންގުމާ ގުޅިގެން ޖޭއެސްސީން ވަގުތުން އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި އެވެ.

އޭގެ ފަހުން، މާރިޗު މަހުގެ 6 ވަނަ ދުވަހު ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، އަޒްމިރާލްދާ އާއި މަހާޒު ވަކިކޮށްފައި ވަނީ މެއި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ދެ ބޭފުޅުން ވެސް ވަކިކޮށްފައި ވަނީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މިއީ އޭސީސީ އިން ހިންގި ތަހުގީގެކެވެ. އެހެން ނަމަވެސް މައްސަލަ ބަލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި 2026 ވަނަ އަހަރު އޭސީސީ އާއި ފުލުހުން ގުޅިގެން މި މައްސަލައިގައި ޖޮއިންޓް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވަމުން ގެންދަވަނިކޮށެވެ. މިކަމާ ގުޅިގެން ސުއޫދު އާއި އަޒްމިރާލްދާ ވަނީ، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން އެ ދުސްތޫރީ މައްސަލަ ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ. 

ޑރ. އަޒްމިރަލްދާ ޒާހިރުއޭސީސީމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

04 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް
03 އޮކްޓޯބަރު 2026

ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީގައި އުޅަނދު ޕާކު ކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

03 އޮކްޓޯބަރު 2026
ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީގައި އުޅަނދު ޕާކު ކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
02 އޮކްޓޯބަރު 2026

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

02 އޮކްޓޯބަރު 2026
"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!
30 ސެޕްޓެމްބަރު 2026

އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް

30 ސެޕްޓެމްބަރު 2026
އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް
29 ސެޕްޓެމްބަރު 2026

މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސްއާއެކު ހިންގަން އުޅޭ މަޝްރޫއުގެ ފަހަތުގައި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވޭތީ، މައްސަލަ އޭސީސީއަށް!

29 ސެޕްޓެމްބަރު 2026
މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސްއާއެކު ހިންގަން އުޅޭ މަޝްރޫއުގެ ފަހަތުގައި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވޭތީ، މައްސަލަ އޭސީސީއަށް!
26 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!

26 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ހިންގިކަމަށް ރާއްޖެޓީވީ އިން ލިޔުނު ޚަބަރަށް ފުލުހުންގެ ރައްދު!
25 ސެޕްޓެމްބަރު 2026

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2026
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
25 ސެޕްޓެމްބަރު 2026

3 މިނިސްޓްރީގައި ރޯވި ހާދިސާ: ވީޑިއޯ ފުޓޭޖްތަކުގެ ވަގުތުތަކުން އަލިފާން ނިއްވާ ސިފައިން ދިޔަ ވަގުތާ މެދު ފުލުހުންނަށް ސުވާލުތަކެއް

25 ސެޕްޓެމްބަރު 2026
3 މިނިސްޓްރީގައި ރޯވި ހާދިސާ: ވީޑިއޯ ފުޓޭޖްތަކުގެ ވަގުތުތަކުން އަލިފާން ނިއްވާ ސިފައިން ދިޔަ ވަގުތާ މެދު ފުލުހުންނަށް ސުވާލުތަކެއް
21 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހުން ހައްޔަރުކޮށް، 5 ދުވަހަށް ބަންދުކޮށްފި

21 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހުން ހައްޔަރުކޮށް، 5 ދުވަހަށް ބަންދުކޮށްފި
20 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

20 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް