Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާން ރޯވުން

އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ

"މަހުމާ ވިލާ" ގައި ކޮންމެވެސް ވަރަަކަށް އަލިފާން ހިފައިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޑިސެމްބަރު 2024 | ބުރާސްފަތި 06:48
ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވިއަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ

ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވިއަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ

ހައުސިންގ މިނިސްޓްރީ ހިނގަމުންދާ އަލިފާންގަނޑު ފެތުރި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގެ ފުރަތަމަ ދެ ފަންގިފިލާގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ އާ އެކު، ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގެ ޓިނު ބިލްޑިންގ ވަރަށް ބޮޑަށް އަނދާހުލިވެފައިވާ ކަމަށެވެ. އަދި އެ ބިލްޑިންގ ގެ 90 އިންސައްތަ އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ. ނަމަވެސް އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަލިފާން ރޯވުމާއެކު، އެ އިމާރާތުގައި ހިންގާ މާލޭ ސިޓީ ކައުންސިލްގެ އޮފީހުގައި ހުރި ބައެއް ލިޔެކިޔުމާއި އެހެން ސާމާނު އެ އިމާރާތުން ނެރިފައިވެއެވެ.

މީގެ އިތުރުން ޓިނު ބިލްޑިންގެ އޮޕޮޒިޓަށް ވާގޮތަށް ހުރި އާންމުން ދިރިއުޅޭ ގެއެއް ކަމަށްވާ "މަހުމާ ވިލާ" ގައި ކޮންމެވެސް ވަރަަކަށް އަލިފާން ހިފައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން ދައުލަތުގެ މީޑީއާއަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ލިބިފައިވާ ކަމަށާއި، އެވަގުތުން ފެށިގެން އެމްއެންޑީއެފްގެ ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް ޓިނުން ހަދާފައި ހުރި އިމާރާތް އެއްކޮށް ވަނީ ވެއްޓިފައެވެ.

ހައުސިންގ މިނިސްޓްރީ ހުންނަ ބޮލޮކަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ބްލޮކެކެވެ. އޭގެ ތެރޭގައި ހައުސިންގ މިނިސްޓްރީ އާއި، އެންވަޔަންމަންޓް މިނިސްޓްރީ އާއި މިހާރު އުވާލާފައިވާ މޯލްޑްވިސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ ހިނގި ބަޔާއި އަދި މާލޭ ސިޓީ ކައުންސިލުގެ މުހިންމު އޮފީހެއް ހިމެނެއެވެ.

ަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން އަލިފާނުގެ ހާދިސާ އެންވަޔަރަމަންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު