Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެންވަޔަރަންމަންޓް މިނިސްޓްރީ

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އަލިފާނުގެ ސަބަބުން އެންވަޔަރަންމަންޓް މިނިސްޓްރީ ހިނގަމުންދިޔަ ގްރީން ބިލްޑިންގ އެނދުމުން މުވައްޒަފުން ދަރުބާރުގެ އަށް ބަދަލު ކުރިތާ ދެ މަސް ދުވަހަށް ވުރެ ގިނަ ވެފައިވާއިރު އަދިވެސް މަސައްކަތް ކުރަން އެކަށީގެންވާ މާހައުލެއް އުފެއްދިފައެއް ނުވެއެވެ. އޭގެ އިތުރުން ބަޖެޓް ބޭނުން ކުރެވޭނެ ގޮތެއް ނެތި، އޮފީހުގެ ލިޔެކިޔުންތައް ސާރވާ އަށް ގެއްލުން ލިބުމުގެ ސަބަބުން ލިބޭނެ ގޮތެއް ވަނީ ނުވެފައެވެ.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2025 | އާދީއްތަ 20:35
Your browser does not support the video tag.
0:00 / 0:00

ގްރީން ބިލްޑިންގ - ހައުސިންގ މިނިސްޓްރީ ގައި ރޯވި އަލިފާންގަނޑު ފެތުރި ގްރީން ބިލްޑިންގ އަނދާ ހުލިވެފައި

މި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީ ހިނގަމުން ދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ނުވެ އެ އިމާރާތާއި ޖެހިގެން ހުރި އެންވަރަޔަންމަންޓް މިނިސްޓްރީ ހިނގަމުން ދިޔަ ގްރީން ބިލްޑިންގ ގައި ރޯވެ އެ އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

ގްރީން ބިލްޑިންގި އެނދުމުގެ ސަބަބުން ދަރުބާރުގެއިން ޖާގަ ހަމަ ޖައްސާ ވަގުތީ އިންތިޒާމެއްގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބަދަލު ކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ މިނިސްޓްރީގެ މުވައްޒަފުން ތިބީ މަސައްކަތެއް ކުރެވޭ ވަރަށް ވުރެ "ދަތި ހާލުގައި" ކަމަށާއި މިނިސްޓްރީގެ މަސައްކަތުގެ މާހައުލަކީ "ރެފިއުޖީ ކޭމްޕް" އެއް ކަމަށް މި ނޫހާ ވާހަކަ ދެއްކި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނެފިއެވެ.

"މިތަނުގައި މުވައްޒަފުން މި ތިބެނީ މެސް ރޫމް އެއްގައި ތިބޭހެން، ތަރުފާލު އަޅާފައި ހުރި ދިގުމޭޒުގައި މީހަކާ ޖެހި މީހެއް ތިބެނީ، މޭޒެއްގައި ތިން މުވައްޒަފުންވެސް ތިބޭ، އެއްޗެއް ބަހައްޓާނެ ތަނެއް ވެސް ނެތް، މަސައްކަތެއް ކުރެވޭނެ ގޮތަކަށް ނޫން،" ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން މުވައްޒަފަކު ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ގްރީން ބިލްޑިންގ އެނދި އިރު، އެތަނުގެ ސާވަރުވެސް ވަނީ ހަލާކުވެފައެވެ. އޭގެ ހާޑް ޑްރައިވް ސަލާމަތް ކުރެވޭތޯ ބެލުމަށް ކުރި މަސައަކަތުން އަދިވެސް އެކަން ނުވާ ކަން އެނގިފައިވެއެވެ.

"ފުލުހުން މިހާރު ބުނަނީ އޭގެ ބައެއް ސަލާމަތް ކުރެވިދާނޭ، ހުރިހާ ޑޮކިއުމެންޓެއް ގެއްލޭނެ ސާވަރު ސަލާމަތް ނުކުރެވިއްޖެއްޔާ؛" މުވައްޒަފަކު ބުންޏެވެ.

"މަސައްކަތް މި ކުރަނީ މުވައްޒަފުންގެ އަތުގައި އެކި ގޮތް ގޮތުން ހުރި ޑޮކިއުމެންޓް ތައް ހޯދައިގެން، އެއްވެސް ލިޔެ ކިޔުމެއްވެސް، ރެކޯޑެއްވެސް ނެތް."

އޭގެ އިތުރުން ދަރުބާރުގެއަށް ގެންދިޔަ މުވައްޒަފުންނަށް އަދިވެސް ކޮމްޕިއުޓަރުވެސް ހަމަ އެއް ނުވެއެވެ. ބައެއް މުވައްޒަފުން މަސައްކަތް ކުރަނީ އަމިއްލަ ކޮމްޕިއުޓަރުގައެވެ. ތަކެތި ހަމަ ކުރަން ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ނުދިނުމުގެ ސަބަބުން ކަންކަން ލަސްވާތީ ބައެއް މުވައްޒަފުން އަމިއްލަ އަށް ހެޔޮއެދޭ ފަރާތްތަކާ ގުޅައިގެން އޮފީހަށް ކޮމްޕިއުޓަރު ވަނީ ހޯދާފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުންނަށް ދަރުބާރުގޭގައި ހަދާފައިވާ އޮފީސް ބައި
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުންނަށް ދަރުބާރުގޭގައި ހަދާފައިވާ އޮފީސް ބައި

"ވަރަށް އަދައިގެ ގޮތަކަށް ކަންކަން ހުރީ އެއްޗެއް ބަހައްޓާލެވޭނެ ގޮތެއްވެސް ނެތް، އިށީންނަ ގޮނޑިމަތީގައި އެއްޗެހި ބަހައްޓަން ޖެހެނީ، ނޫނީ ތަޅުންގަނޑުމަތީގައި؛" މުވައްޒަފަކު ކިޔައިދިނެވެ.

މިކަންކަން މިހެން ހުރި އިރު އަދިވެސް މިނިސްޓްރީގެ ބަޖެޓް ވެސް ބޭނުން ކުރެވޭ ގޮތެއް ނުވާކަމަށް ވެއެވެ.

"މިހާރު މި ޖެހެނީ މުވައްޒަފުން އަތުން ޚަރަދު ކޮށްގެން ކަންކަން ކުރަން، ފަހުން ހަމަ ޖައްސާނަމޭ ބުނަނީ، އިސް ބޭފުޅުން ވިދާޅުވަނީ ދަތުރެއް ކުރަން ވިޔަސް ކޮށްލާފައި މިވަގުތައް ޚަރަދު ހަމަ ޖައްސާލާށޭ، ހިނގަމުންދާ ކަންކަން އެބަހުރި، ކުރަންޖެހޭ ދަތުރުތައް ނުކޮށް ވާނެ ގޮތެއްވެސް ނޯވޭ، އެކަމަކު ތެޔޮ އެޅޭނެ ގޮތެއްވެސް އަދި ނެތް؛" އެހެން މުވައްޒަފަކު ބުންޏެވެ.

އިމާރާތް އަނދާ ހުލިވެ، މިނިސްޓްރީގެ ތަކެތި އަނދައިގެން ދިޔަ އިރު މުވައްޒަފުންގެ އަގުބޮޑު އަމިއްލަ އެތައް އެއްޗެއް ވެސް އަނދައިގެން ދިޔަކަމުގެ ކަންބޮޑުވުން ފިލާ ނުދިޔަސް، ކަންކަން ހަމަޔަކަށް އެޅޭނެ އުއްމީދުގައި ތިއްބާ މިހާރު އަދި ވަނީ ބައެއް މުވައްޒަފުންނަށް އެހެން ކަންބޮޑުވުމެއް ވެސް ކުރިމަތިވެފައެވެ.

އެއީ ދާދި ފަހުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮއްލާ އައު މިނިސްޓްރީ އެއް އުފެއްދުމެވެ.

"މިހާރު އަނެއްކާ އިތުރަށް އޮޅުން ބޮޅުން އެރީ އެކަމާ ހެދިވެސް، ބަޖެޓް ބޭނުން ކުރަންވެސް އިތުރަށް ލަސްވާ ގޮތްވީ، ފިނޭންސުން އެއް ފަހަރު ބުނާނެ ދެ ބިޒްނަސް އޭރިއާ ޓޫރިޒަމް އާއި އެންވަޔަރަންމަންޓުގައި ވަކިން ބޭއްވިދާނޭ، އަނެއް ފަހަރު ބުނާނެ، ނޫނެކޭ އޮންނާނީ އެއް ބިޒްނަސް އޭރިއާ އޭ، އެ ބުނާ ބިޒްނަސް އޭރިއާ އެއް ހަމަ ޖެހިގެން ކަމަށް ވަނީ ބަޖެޓް ބޭނުން ކުރަން ފެށޭނީ،" އެންވަޔަރަންމަންޓުގައި ހުރި ދަތިތައް ކިޔައިދެމުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ދެ މިނިސްޓްރީ އެއްކޮލުމުން އެންވަޔަރަންމަންޓް މިނިސްޓްރީ ގައި ވަރަށް ދިގު މުއްދަތަކަށް މަސައްކަތ ކުރަމުން ދިޔަ ބައެއް މުވައްޒަފުންގެ ވަޒީފާ އާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ކުރިން ވަކިން ހިނގި ދެމިނިސްޓްރީގައި ކޮންމެ މިނިސްޓްރީ އެއްގައި ވެސް އިދާރީ މުވައްޒަފުންނާއި، ފައިސާ އާ ބެހޭ މުވައްޒަފުން މިހާރު އެއް މިނިސްޓްރީ އަކަށް ވުމުން އެއް ޑިޕާޓްމަންޓެއްގެ ދަށަށް ދެތަނުގައި ވަކިން ހިނގަމުން އައި ކަންކަން އައުމުން ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނާ އަޑު ތަކެއް ވެސް ފެތުރިފައިވާ ކަމަށް މުވައްޒަފަކު ބުންޏެވެ.

އަނެއްކޮޅުން އެންވަޔަރަންމަންޓް މިނިސްޓްރީ އުވާލުމާ ގުޅިގެން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ގެއްލި، ޓޫރިޒަމް މިނިސްޓްރީގައި ހުރި ޕާމަނަންޓް ސެކްރެޓަރީ މިނިސްޓަރު ބޭނުންފުޅު ނުވާތީ ވަކި ކުރުމާއެކު މި ވަގުތު އަލަށް އުފެއްދި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގައި ޕީއެސް އެއް ނެތުމުގެ ދަތިތައް ވެސް މުވައްޒަފުން ނަށް ވަނީ ކުރިމަތިވެފައެވެ.

ވަގުތީ ގޮތުން ދަރުބާރުގެ އަށް ގެންދިޔަ މުވައްޒަފުންގެ ކަންކަމާއި އެތަނުން ދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު، ދަރުބާރުގޭ ކޮޓަރިއެއްގައި އޮފީސް ހައްދަވައިގެން އިންނެވި މިނިސްޓަރު ވެސް، މިހާރު ހާލުގައި ތިބި މުވައްޒަފުން ދޫކޮށްލެއްވުމަށްފަހު، މިހާރު ވަނީ ވެލާނާގޭގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ހިނގަމުން އައި ބައިގައި ހުރި މާ ހިތްފަސޭހަ މިނިސްޓަރުގެ ކޮޓަރިކޮޅަށް ބަދަލުވެ ވަޑައިގެންފައެވެ.

"މިހެން ކަންކަން ވީމަ މުވައްޒަފުންގެ މޯޓިވޭޝަން ވަރަށް ދަށް، މިހާރު މުވައްޒަފުން ބުނަނީ، އޮފީސް ވެސް އެނދީ އޭ، މިނިސްޓްރީ އުވާލީއޭ މިހާރު ދެން މިދަނީ ތަން ނެތެމުންނޭ؛" ހާލަތު ކިޔައިދިން މުވައްޒަފަކު ބުންޏެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްގެން ހެދި ޒަމާނީ ގްރީން ބިލްޑިންގ އަނދާ ހުލިވެގެން ދިޔައީ ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް އެ ހާދިސާ އާ ގުޅިގެން އެމްޑީޕީ އިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވަނީ ބުނެފައެވެ. އެތަން އަނދައިގެން ދިޔައީ އެއިމާރާތް ސަލާމަތް ކުރުމަށް އެކަށީގެންވާ ވަގުތު ލިބި އެހެން ނަމަވެސް އެކަމަށް އަޅާނުލުމުން ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެ އިމާރާތް އެނދި ގޮތައް އަދިވެސް ހުރީއެވެ. މުވައްޒަފުން ތިބީ ކަންކަން ރަނގަޅުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ހައުސިންގް މިނިސްޓްރީއެންވަޔަރަމަންޓް މިނިސްޓްރީގްރީން ބިލްޑިންގދަރުބާރުގެއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު