Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާގެ ތަހުގީގަށް މާހިރުން އައުމުގެ ކުރިން ރޯވި އިމާރާތް ތަޅާ ސާފުކުރަން ފެށި!

މީގެ ކުރިން ވެސް ރާއްޖެއިން ބޭރުން މީހުން އައިސްގެން ތަހުގީގުތައް ހިންގާ އިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ މި ދެންނެވި ފަދައިން ސީން އޭގެ ޒާތުގައި ފެންނަން ނެތުމެވެ. ހައުސިން މިނިސްޓްރީގައި ރޯވި ހާދިސާ އާއި ގުޅިގެން ބޭރުން ތަހުގީގު ޓީމެއް ގެނެސްގެން އެ ހާދިސާ ތަހުގީކުރަން ފެށުމުގެ މާ ކުރިން އަލިފާން ރޯވި އިމާރާތް ތަޅާ އެތަން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 14:29
ހައުސިންގ މިނިސްޓްރީ އަނދާ ހުލިވެފައި

ހައުސިންގ މިނިސްޓްރީ އަނދާ ހުލިވެފައި

ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގައި ރޯވި އަލިފާނުގެ ހާދިސާ އާއި ގުޅޭ ގޮތުން ހިންގާ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވާކަން ފުލުހުން ހާމަކުރީ ހުކުރު ދުވަހުއެވެ. އެގޮތުން ކޮމިޝަަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ދޭ ޔަޤީންކަމަކީ މިފަދަ ބޮޑު ހާދިސާއެއްގެ ތަހުގީގު ފުލުހުން ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަމެވެ. ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަމާއި އެކު ތަހުގީގުކުރުމުގެ ބޭނުމަކީ ވެސް އިތުބާރު ދެމެހެއްޓުންކަމަށް ބެލެވެއެވެ. މީގެ އިތުރުން ސީޕީ ވަނީ ރައްޔިތުންނާއި ހަމައަށް އެކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ފާހަގަކުރައްވާފައެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ. އެއާއި އެކު ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭރު ސީޕީ ވަނީ ހާމަކުރައްވާފައެވެ.

ކޮންމެއަކަސް، ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލް ނުކުރެވި އެ ބްލޮކްގައި ހުންނަ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މާލެ ސިޓީ ކައުންސިލްގެ ވައިޓަލް އައި ލޭންޑް ސެކްޝަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އަދި މި ހާދިސާ ތަހުގީގުކުރަމުން އަންނަ އިރު، ބޭރުން ތަހުގީގު ޓީމެއް ގެނެސްގެން އެ ހާދިސާ ތަހުގީކުރަން ފެށުމުގެ މާ ކުރިން އަލިފާން ރޯވި އިމާރާތް ތަޅާ އެތަން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އެތަކެއް ސުވާލުތަކެއް އުފެދިފައިވާއިރު، މިއީ ބަޔަކު ގަސްދުގައި ކުރިކަމެއް ކަމަށް ވެސް ތުހުމަތުކުރާ ބަޔަކު އެބަތިއްބެވެ. ނަމަވެސް މިކަމާއި ގުޅޭ ސާފު މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވުމުން މި ފަދަ ނަޒަރިއްޔާތުތަކަށް އިތުރު ފުރުސަތުތަކެއް ލިބެއެވެ.

އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ހައުސިން މިނިސްޓްރީގައި ރޯވިތާ މާ ގިނަ ދުވަހެއް ނުވެ ގޯއްޗާއި ގުޅޭ ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ފުލު ފުލުހުގައި އެހެރަ ފަޅާއަރަނީއެވެ. އެކަމުގައި ހައުސިން މިނިސްޓްރީގެ ދައުރެއް އޮތްކަމަށް ސުވާލު އުފެދޭނެ އެތައް ހާލަތެއް އެބަ ހުއްޓެވެ. އެހެންވީމަ އަވަސް އަވަހަށް އަލިފާން ރޯވިތަން ތަޅާ ސާފުކުރުމުން އެކަމާއި އާއްމުން ދަނީ ސުވާލުކުރަމުންނެވެ. ޚާއްސަކޮށް އެކަން ކުރަނީ ނުރައްކަލެއް އޮވެގެން ކަމަށް ވާނަމަ އެކަން ވެސް ހާމަކުރައްވަަންވާނެ ނޫންތޯއެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ބޭރުން މީހުން އައިސްގެން ތަހުގީގުތައް ހިންގާ އިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ މި ދެންނެވި ފަދައިން ސީން އޭގެ ޒާތުގައި ފެންނަން ނެތުމެވެ. ފަހުން ބޭރުން އަންނަ ޓީމު ތަހުގީގު ހިންގަނީ ކުރިން ހަޑި ހާވާނެ ވަރަކަށް ހާވަ ނިންމާފައި އޮތް ތަހުގީގާއި އެއިން އެނގޭ ކަންކަމަށެވެ. ދިވެހިން ތިބީ މިފަހަރު އެހެން ނުވާނެކަމުގެ އުންމީދުގައެވެ. އެހެނީ ހައުސިންގެ ކަންކަމަކީ ދިވެހިންގެ ޖަޒުބާތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުންނެވެ.

އަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

05 ފެބުރުއަރީ 2025
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގެ ހާދިސާ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅަނީ

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގެ ހާދިސާ ޖިނާއީ މައްސަލައެއް ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅަނީ

16 ޑިސެމްބަރު 2024
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ

16 ޑިސެމްބަރު 2024
މާދަމާ ހައުސިން މިނިސްޓްރީގެ ޚިދުމަތްތައް ދަރުބާރުގޭގައި އާއްމުންނަށް ދެވޭނެ: މިނިސްޓަރު ހައިދަރު

މާދަމާ ހައުސިން މިނިސްޓްރީގެ ޚިދުމަތްތައް ދަރުބާރުގޭގައި އާއްމުންނަށް ދެވޭނެ: މިނިސްޓަރު ހައިދަރު

14 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު