Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާ އިން އައިސީޖޭ ގައި އުފުލާފައިވާ ދައުވާގައި އަޔަލެންޑުންވެސް ބައިވެރިވެއްޖެ

ޖެނޮސައިޑް ހުއްޓުވުމާ ބެހޭ މުއާހަދާގެ ހުރިހާ ބައިވެރިން އައިސީޖޭ އަށް ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް ފަލަސްތީނުން ވަނީ ގޮވާލާފައިވޭ

ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 08:05
ޣައްޒާގެ ހަނގުރާމައިގެ ހާލުގައި ޖެހިފައިވާ ކުޑަކުދިން ކާތަކެތި ހޯދަން ކިޔޫ ގައި

ޣައްޒާގެ ހަނގުރާމައިގެ ހާލުގައި ޖެހިފައިވާ ކުޑަކުދިން ކާތަކެތި ހޯދަން ކިޔޫ ގައި

އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އުފުލާފައިވާ ޣައްޒާގެ ނަސްލު ނައްތާލުމުގެ ދައުވާގައި އަޔަރލެންޑުން ބައިވެރިވާނެކަމަށް އިޢުލާނުކުރުމުން ފަލަސްޠީނުން މަރުޙަބާކިޔައިފިއެވެ.

ބުދަ ދުވަހުގެ ރޭ ފަލަސްތީނުގެ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް މިނިސްޓްރީން ވަނީ މިކަމަށް މަރުޙަބާ ކިޔާ ބަޔާނެއް ނެރެފައެވެ.

އެ ނޫސްބަޔާނެއްގައި ބުނެފައިވަނީ އައަރލެންޑުގެ މި ނިންމުމަކީ ޢަދުލު އިންސާފާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށް އަޔަރލެންޑުން ސަމާލުކަން ދޭ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމުގައެވެ.

މިނިސްޓްރީން ގޮވާލާފައިވަނީ ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވުމަށް އެކުލަވާލާފައިވާ ބައިނަލް އަގްވާމީ މުއާހަދާގެ ހުރިހާ ބައިވެރިން އައިސީޖޭ ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އުފުލާފައިވާ މައްސަލައިގެ ތެރެއަށް ތަދައްހުލްވެ، ކޯޓުގެ އިޖުރާއާތުތަކުގައި އަމަލީގޮތުން ބައިވެރިވުމަށެވެ.

ޚާއްޞަކޮށް ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމާއި، އިސްރާއީލަށް ލިބެން ޖެހޭ ހައްގު އަދަބުން ރެކުމުން ސަލާމަތްވިޔަ ނުދިނުމަކީ އިންސާނިއްޔަތު ކަމުގެ ގޮތުންނާއި، ޤާނޫނުގެ މަޞްލަޙަތަށްޓަކައި އެކުގައި އުފުލަންޖެހޭ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު