Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ 19 ވަނަ މަޖިލީހުން ކުރި މަސައްކަތަށް ފުރަތަމަ ތިން އަހަރު އޭ ރިޕޯޓު ނުވަތަ އޭ+ ނޫން ނަތިޖާއެއް ނުލިބޭ ކަމަށް. އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުން ނަތީޖާއެއް ނެރޭ ނަމަ ނިންމާލަން ޖެހޭނީ ސީ ++ އިން ކަމަށް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2026 | ހުކުރު 06:30
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް | ރައްޔިތުންގެ މަޖިލިސް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނަތީޖާއެއް ނެރޭ ނަމަ ލިބޭނީ، ސީ ++ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރޭ އޮތް އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ 19 ވަނަ މަޖިލީހުން ކުރި މަސައްކަތަށް ފުރަތަމަ 3 އަހަރު އޭ ރިޕޯޓު ނުވަތަ އޭ+ ނޫން ނަތިޖާއެއް ނުލިބޭ ކަމަށެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުން ނަތީޖާއެއް ނެރޭ ނަމަ ނިންމާލަން ޖެހޭނީ ސީ ++ އިން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް 94 އަހަރު ވެގެން ދިޔަ އިރު، މިހާރުގެ ހާލަތަކީ މަޖިލިސް ޖަލްސާތައް ބޭއްވެނީ އެމްޑީޕީ 13 މެންބަރުންގެ މަސައްކަތުން ކަމަށާއި، އެ ނޫން ނަމަ މި ދައުރުގައި ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ބާއްވާނެ އެޖެންޑާއެއް ވެސް ޕީއެންސީއަށް ނުލިބޭނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.

މިހާރު މިދިޔަ ތިން ހަފްތާ ވަންދެން ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކުރެވުނީ އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ކުރި ސުވާލުތައް، އިތުރު އެހެން ކަމެއް ނެތް
އިބްރާހީމް ނާޒިލް

މީގެ އިތުރުން ގައުމުގެ ހާލަތު މިހިސާބުގައި އޮއްވާ ރަސްމާލެ ހިއްކުމުގެ ނަމުގައި ބޭކަރު ހަރަދު އެމްޑީޕީ އިން ނުކުރާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް ވެލި އެޅުމަށް 250 މިލިއަން ޑޮލަރު ބޭނުން ވާނެ ކަމަށާއި، ވަށާ ބޮޑު ހިލަ ޖަހަން 100 މިލިއަން ޑޮލަރު ހޭދަ ވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ޑޮރޯން ގަތުމާއި އެއާޕޯޓު އައު ޓާމިނަލް ހުޅުވަން ޑޮރޯން ޝޯ ބާއްވަން ބޭކާރު ފައިސާ ހަރަދު ނުކުރާނެ ކަމަށް ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، ލޯނުތައް ދައްކާނީ މިގޮތަށް ބޭކާރު ހަރަދު ނުކޮށް ކަމަށެވެ.

އެމްޑީޕީ ނޫން ބަޔަކަށް ރައްޔިތުންނަށް ކަންކަން ކޮށްދޭން ނޭންގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.  

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މަޖިލިސްއިބްރާހިމް ނާޒިލް

އިތުރަށް ކިޔާލަން

16 ޖުލައި 2026

މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް

16 ޖުލައި 2026
މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް
12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
13 ޖޫން 2026

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

13 ޖޫން 2026
ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު
06 ޖޫން 2026

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

06 ޖޫން 2026
ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު
21 މެއި 2026

މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް

21 މެއި 2026
މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް
14 މެއި 2026

މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި

14 މެއި 2026
މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު