Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އަންގާރަ ދުވަހުގެ ރޭ އިސްރާއީލުން ބޮން އަޅާ ފަލަސްތީނުގެ 7 މީހުން ޝަހީދު ކޮށްލައިފި

11 ޑިސެމްބަރު 2024 | ބުދަ 06:12

އިސްރާއީލުން ހުސްވި އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 44,786 ފަލަސްތީނު މީހުން މިހާތަނަށް ވަނީ ޝަހީދު ކޮށްލާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ މަދުވެގެން 106,188 ށް އަރާފައެވެ.

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 06:12
ޣައްޒާގައި އިސްރާއީލުން ބޮން އަޅާ ހަލާކުކޮށްލާފައިވާ އިމާރާތެއް

ޣައްޒާގައި އިސްރާއީލުން ބޮން އަޅާ ހަލާކުކޮށްލާފައިވާ އިމާރާތެއް

އަންގާރަ ދުވަހުގެ ރޭ އިސްރާއީލުގެ ވައިގެ ހަމަލާއަކުން ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި ހުންނަ ނުސީރާތު ރެފިއުޖީ ކޭމްޕުގައި 7 ފަލަސްތީނު  މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ވަފާ ނިއުސް އިން ބުނިގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވަނީ އެ ރެފިއުޖީ ކޭމްޕުގައި ހުރި އާންމުން ދިރިއުޅޭ ގެއަކަށެވެ.

އަދި އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ ޝެއިޚް ރަދްވާން ސަރަހައްދުގައި އާއިލާ އެއް ދިރިއުޅޭ 6 ބުރީގެ އިމާރާތަކަށް ބޮން އަޅާފައިވާ ކަމަށެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ޓީމުތައް އެ ސަރަހައްދަށް ގޮސް ފުނޑުވެފައިވާ އިމާރާތުގެ ދަށުން މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ރަފަހް ގައި ހިންގަމުންދާ ހަނގުރާމަވެރި ހަރަކާތްތައް ހުއްޓާލުމަށް ޤާނޫނީ ގޮތުން ލާޒިމްކުރާ އަމުރެއް ނެރުނު ނަމަވެސް، އިސްރާއީލުން އެ އަމުރަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާ ސްޓްރިޕްގައި ނަސްލު ނައްތާލުމުގެ ހަމަލާތައް ގެންދަނީ ކުރިއަށެވެ.

އިސްރާއީލުން ހުސްވި އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 44,786 ފަލަސްތީނު މީހުން މިހާތަނަށް ވަނީ ޝަހީދު ކޮށްލާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ މަދުވެގެން 106,188 ށް އަރާފައެވެ.

މީގެ އިތުރުން، މަދުވެގެން 10,000 މީހުން ވަނީ ގެއްލިފައެވެ. ބެލެވޭ ގޮތުން އެމީހުން ވަނީ ހަމަލާތަކުގައި ފުނޑުވި އިމާރާތްތަކުގެ ދަށުވެ މަރުވެފައެވެ.

ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ބުނާގޮތުގައި މަރުވެފައިވާ އަދި އަނިޔާވެފައިވާ މީހުންގެ ގިނަ އަދަދަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާ ސްޓްރިޕްގެ އެކި ސަރަހައްދުތަކުން ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ވަނީ މަޖުބޫރުން ދިރިއުޅޭ ތަން ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. ގިނަ ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދަން ޖަމާވެފައިވަނީ މިސްރުގެ ބޯޑަރާ ކައިރީގައި އޮންނަ ރަފަހް ސިޓީއަށެވެ.

ޣައްޒާފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް