Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން އުތުރު ޣައްޒާ އަށް ގިނަ ހަމަލާތަކެއްދީ މަދުވެގެން 20 އާންމުން ޝަހީދުކޮށްލައިފި

10 ޑިސެމްބަރު 2024 | އަންގާރަ 04:39

7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ޣައްޒާގައި އިސްރާއީލުން އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި 44،758 ފަލަސްތީނު މީހުންގެ ފުރާނަ ގެއްލި، 106،134 މީހުން ވަނީ ޒަޚަމްވެފައެވެ.

ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 04:39
އިސްރާއީލުގެ ހަމަލާއެއްގައި ޒަޚަމްވި ކުޑަ ދެ ކުދިންނަށް ފަރުވާ ދެނީ

އިސްރާއީލުގެ ހަމަލާއެއްގައި ޒަޚަމްވި ކުޑަ ދެ ކުދިންނަށް ފަރުވާ ދެނީ

އިސްރާއީލުގެ އަނިޔާވެރި ބާރުތަކުން ހޯމަ ދުވަހުގެ ރޭ ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާގައި އަނެއްކާވެސް އާ ގަތލުއާންމު ތަކެއް ހިންގައިފިއެވެ. އުތުރު ޣައްޒާގެ އިޒްބަތު ބައިތުލް ހަނޫންގައި ހުރި އާންމުންގެ ގެތަކަށް ބޮންއަޅާ، އެތައް އާންމުންނެއް ޝަހީދުކޮށް، އެތައް ބަޔަކު ވަނީ އެ ހަމަލާތަކުގައި ޝަހީދުވެފައެވެ.

ސަރަޙައްދުގެ މަޞްދަރުތަކުން ބުނާ ގޮތުގައި ޔަހޫދީ ސިފައިންގެ ބާރުތަކުގެ ވައިގެ ހަމަލާތަކުގައި މަދުވެގެން 20 އާންމުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަނެއްކޮޅުން ހަމަލާ ދިން ސަރަހައްދަކީ ޔަހޫދީ ސިފައިން ހިސޯރުކޮށްފައި އޮތް ސަރަހައްދަކަށް ވުމާއެކު އެ ސަރަޙައްދު ވަށައިލާފައިވާތީ، އެމްބިއުލާންސްތަކާއި ސަލާމަތްކުރާ ޓީމުތަކަށް އެ ސަރަޙައްދަށް ވަދެވޭގޮތް ނުވެއެވެ.

އެހެން ހާދިސާއެއް ގައި އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ މެދުތެރޭގައި ހުރި އަލް-މަޣާޒީ އަދި ނުސީރާތު ރެފިއުޖީ ކޭމްޕްތަކަށް އެތައް ހަމަލާއެއް ދީފައިވެއެވެ. އިސްރާއީލީ ބާރުތަކުން ނުސީރާތުގެ އުތުރުގައި ހުރި ގެތަކެއްވެސް ގޮއްވާލައިފިއެވެ.

އޭގެ ކުރިން، ސިއްހީ މަޞްދަރުތަކުން ބުނެފައިވަނީ އުތުރު ޣައްޒާގެ ބައިތުލް ލަހިޔާ އަވަށުގައި ތިބި ބަޔަކަށް އިސްރާއީލުން ހަމަލާ ދިނުމުން އާންމުންގެ ހަ މީހުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. މިއާއެކު އެ އަވަށުގައި ހުރި އެތައް ގެއަކަށާއި ތަންތަނަށް އިސްރާއީލުން ބޮން އަޅައިފައިވެއެވެ.

ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ އިރުމަތީގައި އިސްރާއީލުން ދިން ޑްރޯން ހަމަލާ އެއް ގައި އާންމުންގެ މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އަލް-މަޣާޒީ ކޭމްޕަށް އިސްރާއީލުގެ ބާރުތަކުން ދިން ހަމަލާއެއްގައި މަދުވެގެން ދެ ކުޑަކުދިންގެ ފުރާނަ ގެއްލި، އިތުރު ބަޔަކަށް އަނިޔާވެފައިވެއެވެ.

ޖަބާލިޔާ ރެފިއުޖީ ކޭމްޕްގައި ހުރި، ގެދޮރު ގެއްލުނު މީހުން ތިބި ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެތައް އާންމުންނެއް ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވިއެވެ.

އުތުރު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި ހުރި ރެސިޑެންޝަލް ބްލޮކަކަށް އިސްރާއީލުގެ ބާރުތަކުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އެޅުމުން އެތައް އާންމުންނެއް ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ޣައްޒާގައި އިސްރާއީލުން އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި 44،758 ފަލަސްތީނު މީހުންގެ ފުރާނަ ގެއްލި، 106،134 މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް