Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އާދިއްތަ ދުވަހު ޣައްޒާގައި އިސްރާއީލުން އެތައް ބަޔަކު ޝަހީދު ކޮށްލައިފި

ޣައްޒާގެ އިންޑޮނީޝިއާ ހޮސްޕިޓަލަށް އިސްރާއީލުން ވަނީ ބޮން އަޅާފައި، އެ ހަމަލާގައި 6 ބަލިމީހުން ވަނީ ޒަޚަމްވެފައި

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 06:29
އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އާންމުންގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައި

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އާންމުންގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައި

އާދީއްތަ ދުވަހުގެ ރޭ، ޣައްޒާ ސިޓީއަށާއި މެދުތެރޭ ޣައްޒާގައި ހުރި އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް މަދުވެގެން 25 ފަލަސްޠީނު މީހުން ޝަހީދުވެ އަދި އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ވަފާގެ ނޫސްވެރިންނާ ހަވާލާ ދީ އެ ނޫހުގައި ރިޕޯޓުކުރި ގޮތުގައި، ޣައްޒާ ސިޓީގެ މުނިސިޕަލް ޕާކު ކައިރީގައި މަގެއްގެ މަތީގައި ތިބި ބަޔަކަށް އިސްރާއީލުން ބޮން އަޅާ 10 މީހުން ޝަހީދުވެ، އިތުރު ބަޔަކަށް އަނިޔާވިއެވެ.

މީގެ އިތުރުން، އަލް-ބުރެއިޖް ކޭމްޕުގެ ކައިރީގައިވާ ގެއަކަށް އިސްރާއީލުން ދިން ބޮމް ހަމަލާއެއްގައި، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 11 މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވިއެވެ.

އެހެން ހާދިސާއެއްގައި ދެކުނު ޣައްޒާގެ ރަފަހްގެ އާންމުންގެ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި 5 މީހުން ޝަހީދުވިއެވެ.

މީގެ އިތުރުން ޣައްޒާ ސްޓްރިޕްގެ އުތުރުގައި ހުންނަ އިންޑޮނީޝިއާ ހޮސްޕިޓަލަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި 6 ބަލިމީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން އެކަކުގެ ހާލަތު ނުރައްކައުތެރި ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޣައްޒާ ސްޓްރިޕްގެ ދެކުނުގައިވާ ރަފާ ސިޓީގެ އިރުމަތީގައިވާ އަލް-ޖަނީނާ ސަރަޙައްދުގައި ހުރި ގިނަ އަދަދެއްގެ އާންމުންގެ އިމާރާތްތަކެއް އިޒްރާއީލުގެ ބާރުތަކުން ވަނީ ގޮއްވާލާފައެވެ.

ސިއްޙީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރާއީލުގެ ހަމަލާތަކުގައި މަރުވި ފަލަސްޠީނުންގެ އަދަދު ވަނީ 44،708 އަށް އަރާފައެވެ. އަދި 106،050 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުގެ ބާރުތަކުން އެމްބިއުލާންސްތަކާއި ސިވިލް ޑިފެންސް ޓީމުތަކުގެ ދަތުރުފަތުރަށް ހުރަސްއަޅަމުންދާތީ، ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މި ސަރަޙައްދުގެ މަގުތަކުގައި އެކި ތަންތަނަށް އުކާލެވިފައިވާ މަރުވެފައިވާ މީހުންގެ ހަށިތަކާއި އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންނާ ހަމައަށް ކުއްލި ނުރައްކަލުގެ ޚިދުމަތްތަކަށް ދެވޭގޮތެއް ނުވެއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށާއި ޣައްޒާގައި ދިމާވެފައިވާ އިންސާނީ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން އަންގާފައިވީ ނަމަވެސް، އިޒްރާއީލުން ނަސްލު ނައްތާލުމުގެ ހަމަލާތައް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު