Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހު ވަގުތު ބެޓިސް އިން ބާސެލޯނާއާ އެއްވަރު ކޮށްފި

ނަތީޖާ އާއެކު ބާސެލޯނާ އަށް އެއް ވަަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު އަނެއްކާ ވެސް މި ވަނީ ގެއްލިފަ އެވެ. މިހާތަނަށް ކުޅުނު 17 މެޗުން އެ ޓީމަށް ލިބެނީ 38 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޑިސެމްބަރު 2024 | އާދީއްތަ 04:34
ބާސެލޯނާ އާއިި ބެޓިސް ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އާއިި ބެޓިސް ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އަނެއްކާ ވެސް ބާސެލޯނާ އިން މުހިންމު ޕޮއިންޓެއް ގެއްލުވާލައިފި އެވެ.

ބެޓިސްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބާސެލޯނާ އިން ލީޑު ހޯދާފައި ވަނިކޮށް، ބެޓިސް އިން ނަތީޖާ ހަމަހަމަ ކުރީ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ އެ ލަނޑު ޖެހީ ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފުގައި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ބެޓިސް އިން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ބެޓިސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. މެޗުގައި ދެ ވަނަ ފަހަރަށް ބާސެލޯނާ އިން ލީޑު ނެގީ 82 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބެޓިސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަސާނޭ ޑިއާއޯ އެވެ.

ނަތީޖާ އާއެކު ބާސެލޯނާ އަށް އެއް ވަަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު އަނެއްކާ ވެސް މި ވަނީ ގެއްލިފަ އެވެ. މިހާތަނަށް ކުޅުނު 17 މެޗުން އެ ޓީމަށް ލިބެނީ 38 ޕޮއިންޓެވެ. ސީޒަންގެ ކުރީ ކޮޅު ބާސެލޯނާ އިން ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް، މިހާރު އެ ޓީމުގެ ނަތީޖާ ވަނީ ކޮންމެ ވެސް ވަރަކަށް ދަށްވެފަ އެވެ.

ސްޕެނިޝް ލީގުރެއާލް ބެޓިސް ބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު