Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާގެ ހަމަނުޖެހުން

ސޫރިޔާގެ ރައީސް ވެރިރަށުން ފިއްލަވައިފި ކަމަށް ރިޕޯޓުތައް ބުނެފި

ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އިސް ގްރޫޕް ކަމުގައި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން، ޓެލެގްރާމްގައި އިޢުލާނުކޮށްފައިވަނީ ޖަލުގައި ހައްޔަރު ކޮށްފައި ތިބި މީހުން ދޫކޮށްލެވިފައިވާ ކަމަށާއި، މިއީ ސައިދްނާޔާ ޖަލުގެ "އަނިޔާވެރިކަމުގެ ޒަމާނުގެ ނިމުން" ކަމުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުގައި ފެންނަނީ މީހުން ޖަލުން ނުކުމެގެން އަންނަ މަންޒަރެވެ.

ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2024 | އާދީއްތަ 04:07
ސަރުކާރުގެ ބާރުގެ ދަށުގައި ކުރިން އޮތް ހުމްސް ޕްރޮވިންސްގެ ހުމްސް ސިޓީ އަށް އެރުމަށް ހަނގުރާމަވެރިން ދަތުރު ކުރަނީ

ސަރުކާރުގެ ބާރުގެ ދަށުގައި ކުރިން އޮތް ހުމްސް ޕްރޮވިންސްގެ ހުމްސް ސިޓީ އަށް އެރުމަށް ހަނގުރާމަވެރިން ދަތުރު ކުރަނީ

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދު މަތިންދާބޯޓެއްގައި، ވެރިރަށް ދިމިޝްގް ދޫކޮށް ވަޑައިގެންފި ކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީއިން، ސޫރިޔާ ގެ ދެ އިސް އޮފިސަރުންނަށް ހަވާލާދީ އާދިއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ.

ހަނގުރާމައިގެ މޮނިޓަރ އެސް.އޯ.އެޗް.އާރު އިން ވެސް ބުނެފައިވަނީ ދިމިސްގު އެއަރޕޯޓުން ފުރި ޕްރައިވެޓް މަތިންދާބޯޓެއްގައި އަސަދު ދަތުރުކުރެއްވި ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ބޯޓު ފުރުމާއެކު އެއަރޕޯޓުގައި ތިބި ސަރުކާރުގެ ސިފައިން އެއަރޕޯޓު ދޫކޮށް ދިޔަ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

މި ޚަބަރު އައިސްފައިވަނީ ސޫރިޔާ ސަރުކާރާ ދެކޮޅު މީހުން ހައްޔަރުކޮށް ބަންދު ކޮށްގެން ގެންގުޅޭ ސައިދްނާޔާ ޖަލުގައި ތިބި މީހުންގެ ތެރެއިން އެތައް ހާސް ބަޔަކު ރައީސް އަސަދު އާ ދެކޮޅު ހަނގުރާމަވެރިން ގޮސް ދޫކޮށްލައިފި ކަމަށް ބުނެފައިވަނިކޮށްނެވެ.

ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އިސް ގްރޫޕް ކަމުގައި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން، ޓެލެގްރާމްގައި އިޢުލާނުކޮށްފައިވަނީ ޖަލުގައި ތިބި މީހުން ދޫކޮށްލެވިފައިވާ ކަމަށާއި، މިއީ ސައިދްނާޔާ ޖަލުގެ "އަނިޔާވެރިކަމުގެ ޒަމާނުގެ ނިމުން" ކަމުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުގައި ފެންނަނީ މީހުން ޖަލުން ނުކުމެގެން އަންނަ މަންޒަރެވެ.

ޖަލުގައި ބަންދުކުރެވިފައި ތިބި މީހުންނާއި ގެއްލިފައިވާ މީހުންގެ ޖަމްޢިއްޔާއިން ބުނެފައިވަނީ ދޫކޮށްލެވުނު މީހުން ދަނީ ދިމިޝްގް އާ ކައިރީގައިވާ އަވަށަކަށް ކަމަށެވެ.

"އަހަރެމެންގެ ބާރުތައް ވަނީ ވެރިރަށް ދިމިޝްގަށް ވަންނަން ފަށާފައި" ހަނގުރާމަވެރިން އެމީހުންގެ ޓެލެގްރާމް ޗެނަލްގައި ބުނެފައިވެއެވެ.

އެޗް.ޓީ.އެސް އިން އިސްވެ އޮވެ ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަމަލާތަކުގައި ދެ ހަފްތާއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ސޫރިޔާގެ މައި ބޮޑެތި ސިޓީތަކުގެ ބާރު އެމީހުން ވަނީ ހޯދައިފައެވެ.

ސޫރިޔާގެ ރައީސް ބަޝާރު އަލް-އަސަދު މިހާރު ހުންނެވި ތަނެއް ސާފު ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާގެ އޮފީހުން ބުނެފައިވަނީ އޭނާ އަދިވެސް ވެރި ރަށުގައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ނަމަވެސް އޭނާ ފެނިފައި ނުވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އަނެއްކޮޅުން ވެރި ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ތިބި ސަރުކާރު ސިފައިން ފިލައިފި ކަމަށް ދެކެވޭ ވާހަކަތައް ސޫރިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ދޮގު ކޮށްފައެވެ.

"ދިމިޝްގް ވަށައިގެންވާ ސަރަޙައްދުތަކުގައި ތިބި ސަރުކާރުގެ ހަތިޔާރުއެޅި ބާރުތައް އެތަންތަނުން ފައިބައިގެން ގޮސްފައިވާ ކަމަށް ބުނާ ޚަބަރުތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް" ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ހަނގުރާމައިގެ މޮނިޓަރަކާއި ހަނގުރާމަވެރިން ބުނެފައިވަނީ ސަރުކާރުގެ ބާރުތައް އިތުރަށް ފަހަތަށް ޖެހެމުންދާ ކަމަށާއި، އިދިކޮޅު ހަނގުރާމަވެރިން ތިބީ ދިމިޝގް އާ ވިއްސަކަށް ކިލޯމީޓަރު ހިސާބުގައި ކަމަށެވެ.

ބީބީސީ އިން ބުނާ ގޮތުގައި ވެރިކަން ކުރާ ސިޓީގައި ހިނގަމުންދާ ހަނގުރާމައިގެ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީ ހނގުރާމަވެރިންގެ ބާރުތަކުން ވަށައިލައިފައިވާ ކަމަށް ބުނެވެއެވެ. 

ދިމިޝްގް ގެ ރަށްވެއްސަކު ސީ.އެން.އެން އަށް ކިޔައިދިން ގޮތުގައި ސަރުކާރާ ދެކޮޅު ބާރުތައް ބަރްޒެހް ސަރަޙައްދުގައި ތިބި ކަމަށާއި އަދި އެތާނގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށެވެ. 

"ކަރަންޓު ކަނޑާލެވިފައިވޭ، އަދި އިންޓަރނެޓް ވަރަށް ބޮޑަށް ދަށްވެފައިވޭ، މީހުން ތިބީ އެމީހުންގެ ގެތަކުގައި" ކަމަށް އެ މީހާ ބުނި ކަމަށް ސީއެންއެން އިން ވަނީ ބުނެފައެވެ. 

ރޮއިޓަރސްއިން ބުނެފައިވަނީ އެ ފަރާތުން ދެ މީހަކާ ވާހަކަދައްކައިފައިވާ ކަމަށާއި، އެ މީހުން ބުނެފައިވަނީ ގަދަ އަޑުތަކާއެކު ބަޑިޖަހާ އަޑު އިވެމުންދާ ކަމަށެވެ. ނަމަވެސް މި އަޑުތައް އަންނަނީ ކޮން ދިމާލަކުންކަން ސާފު ނުވާ ކަމަށެވެ.               

ސީރިޔާގެ ދާޚިލީ ހަމަނުޖެހުންބައްޝާރު އަލް-އަސަދް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

15 އޮކްޓޯބަރު 2025
ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

03 ސެޕްޓެމްބަރު 2025
ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި

ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި

16 ޖުލައި 2025
ޓްރަމްޕް ސީރިއާ ގެ ރައީސް ޝަރާއާ ބައްދަލު ކުރައްވައިފި

ޓްރަމްޕް ސީރިއާ ގެ ރައީސް ޝަރާއާ ބައްދަލު ކުރައްވައިފި

14 މެއި 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު