Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނު-ސީރިއާ ގުޅުން

ޖަރުމަނުން ސީރިއާ އަށް 300 މިލިއަން ޔޫރޯގެ އެހީ ހަދިޔާކުރަނީ

ޖަރުމަނުގެ ފޮރިންގ މިނިސްޓްރީން ބުނީ އެހީގެ ބޮޑު ބައެއް ބޭނުން ކުރާނީ ސޫރިއާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އިތުރުން، ޞިއްޙީ ޚިދުމަތްތައް އަދި ކުއްލި ޙާލަތުގެ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2025 | އަންގާރަ 05:21
ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނަލެނާ ބެއާބޮކް, ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ބެލްޖިއަމްގައި

ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނަލެނާ ބެއާބޮކް, ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ބެލްޖިއަމްގައި

ސީރިއާ އަށް 300 މިލިއަން ޔޫރޯ (326 މިލިއަން ޑޮލަރު)ގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް، ޖަރުމަނުގެ ފޮރިންގ މިނިސްޓަރު އަނަލެނާ ބެއާބޮކް ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރި ރަށް، ބްރަސެލްސް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ އެހީގެ ޖަލްސާގެ ކުރިން، ޖަރުމަނުގެ ފޮރިން މިނިސްޓްރީން ބުނީ އެހީގެ ބޮޑު ބައެއް ބޭނުން ކުރާނީ ސޫރިއާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އިތުރުން، ޞިއްޙީ ޚިދުމަތްތައް އަދި ކުއްލި ޙާލަތުގެ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން، ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް ވެސް މި ފައިސާ ބޭނުން ކުރެވޭނެ އެވެ. އަދި ޖޯޑަން، ލުބުނާން، އިރާގު އަދި ތުރުކީ ގައި ތިބި ސީރިއާގެ ރެފިއުޖީންނަށާއި، އެ ގައުމުތަކުގެ މުޖުތަމައުތަކަށް ވެސް މި އެހީގެ ދަށުން އެހީތެރިކަން ލިބިގެން ދާނެ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕުގެ ޤައުމުމެއްގެ ހައިސިއްޔަތުން ޖަރުމަނު އޮތީ ސޫރިއާގެ ރައްޔިތުންނާ އެކު ކަމަށެވެ. އދަި މިނިވަން، ސުލްހަވެރި ސީރިއާއެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އޭނާ ވަނީ ސޫރިއާގައި މި ފަހުން ހިނގައި ދިޔަ ހަމަނުޖެހުންތަކާއި،އެތައް ރައްޔިތުންނެއް މަރާލި މައްސަލަ ތަހުގީގުކޮށް، ޒިންމާދާރުވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވަގުތީ ސަރުކާރަށް ގޮވާލައްވާފައި އެވެ.

ފާއިތުވި ދުވަސް ތަކުގައި ސީރިއާގެ ކަނޑު އައްސޭރި ސަރަހައްދުގައި ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވަފާތެރިންނާއި، އައު ވެރިކަމުގެ މެދުގައި ހިނގި އަނިޔާވެރި ހަމަނުޖެހުން ތަކުގައި 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަނގުރާމައިގެ ހާލަތު ބަލަހައްޓާ ޖަމާއަތަކުން ބުނެފައިވެ އެވެ.

ޖަރުމަނުސީރިޔާއަނަލެނާ ބެއާބޮކްރެފިއުޖީންހަނގުރާމަބައްޝާރު އަލް-އަސަދް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު