Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ-އެމެރިކާ ގުޅުން

ޓްރަމްޕް ސީރިއާ ގެ ރައީސް ޝަރާއާ ބައްދަލު ކުރައްވައިފި

ސައުދީ އަރަބިއްޔާގެ ވަލީ އަހްދު މުޙައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމުގެ މަތިން، ސީރިއާ އަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތާލުމަށް އަމުރުކުރައްވާނެ ކަމަށް، ސައުދީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަމުން ޓްރަމްޕް އަންގާރަ ދުވަހު ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 14 މެއި 2025 | ބުދަ 10:02
ސައުދީ އަރަބިއްޔާގެ ރިޔާޟް ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީރިއާ ގެ ރައީސް އަހުމަދު އަލް ޝަރާ އާ ބައްދަލުކުރައްވަނީ.. ބައްދަލު ކުރެއްވުމުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބައިވެރިވެވަޑައިގެންނެވި، 14 މެއި 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރާ އާ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް ގައި ބައްދަލު ކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ވަލީ އަހްދު މުޙައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމުގެ މަތިން، ސީރިއާ އަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތާލުމަށް އަމުރުކުރައްވާނެ ކަމަށް، ސައުދީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަމުން ޓްރަމްޕް އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.

މިއީ ހަނގުރާމައިން ވީރާނާވެފައިވާ ސީރިއާ ހަމައަކަށް އެޅުވުމަށް އަލް-ޝަރާ އަށް ލިބިވަޑައިގަތް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީރިއާގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އެ ޤައުމަށް "މުހިންމު ބަދަލެއް އަންނާނެ ކަމެއް" ކަމަށް ސީރިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ސީރިއާގެ ސަރުކާރުގެ ނޫސް އޭޖެންސީ ސަނާ އަށް ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ ވިދާޅުވީ ޓްރަމްޕްގެ އިއުލާނަށް މަރުޙަބާ ކިޔާ ކަމަށާއި، "އަހަރުތަކެއް ވަންދެން ހިނގި ވީރާނާކުރުވަނިވި ހަނގުރާމައަކަށްފަހު، ހަމަޖެހުމާއި، އަމިއްލަ ފުދުންތެރިކަމާއި، ޙަޤީޤީ އާރާސްތުކުރުމުގެ މުސްތަޤުބަލަކާ ދިމާ އަށް ދާއިރު، މިއީ ސީރިއާގެ ރައްޔިތުންނަށް މުހިންމު ބަދަލެއް އަންނާނެ ހިސާބެއް" ކަމަށެވެ.

ވައިޓް ހައުސްގެ އިސް ވެރިއަކު އަލް އަރަބިއްޔާ އަށް ވިދާޅުވި ގޮތުގައި، ބުދަ ދުވަހު ސައުދީ އަރަބިއްޔާގައި އަލް-ޝަރާ އަށް "ހެލޯ" ވިދާޅުވުމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފައިވެއެވެ. ސީރިއާގެ ރިޔާސަތުގެ ދެ މަސްދަރަކުން ބުނި ގޮތުގައި، ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް އަލް-ޝަރާ ރިޔާޟަށް ވަނީ ވަޑައިގެންފައެވެ.

ބައްދަލުވުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ސީރިއާ އާއެކު ގުޅުން އާންމު ހާލަތަކަށް ގެނައުމަށް "ދިރާސާކުރަމުން" ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ދިރާސާ ކުރަމުން މި ގެންދަނީ ސީރިއާ ގެ އައު ސަރުކާރާއެކު ގުޅުން އާންމު ހާލަތަކަށް ގެނައުމަށް... މިކަން ފެށިގެން އައީ އަޅުގަނޑު ރައީސް އަޙްމަދު އަލް-ޝަރާއާ ބައްދަލުކުރުމާ އެކުގައި،" ޖީ.ސީ.ސީ-ޔޫ.އެސް ސަމިޓުގައި ގަލްފު ލީޑަރުންނާ މުޚާތަބު ކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، މި ހަފްތާގެ ފަހުކޮޅު ތުރުކީގައި ސީރިއާގެ ފޮރިން މިނިސްޓަރ އަސާދު އަލް-ޝައިބާނީ އާ ބައްދަލުކުރައްވާނެއެވެ.

ސަމިޓު ފެށުމުގެ ކުރިން ޓްރަމްޕް އަދި އަލް-ޝަރާ ބައްދަލުކުރެއްވީ ނޫސްވެރިންނަށް ދައުވަތު ނުދެއްވާސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ހާޒިރުގައެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިައިވެރިވެވަޑައިގަތެވެ.

އެމެރިކާއިން ސީރިއާގެ މައްޗަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވަނީ ބައްޝާރު އަލް-އަސަދުގެ ވެރިކަމުގައެވެ. އަދި 13 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިނގި ހަނގުރާމައަށްފަހު 2022 ގެ ޑިސެމްބަރުގައި އޭނާ ވެރިކަމުން ވައްޓާލެވުނު ފަހުންވެސް މި ފިޔަވަޅުތައް ދެމެހެއްޓިފައިވެއެވެ.

ޑޮނަލްޑް ޓްރަމްޕްބައްޝާރު އަލް-އަސަދްސައޫދީ އަރަބިއްޔާސީރިޔާދަތިކުރުމުގެ ފިޔަވަޅުތައްސޫރިއާ-ސައުދީ ގުޅުންސީރިއާ-އެމެރިކާ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު