Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ

ސީރިއާ އަށް 2.5 ބިލިއަން ޔޫރޯގެ އެހީ ދިނުމަށް އީޔޫ އިން ނިންމައިފި

18 މާރިޗު 2025 | އަންގާރަ 05:33

މިއީ ސީރިއާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓާލި ފަހުން، ސީރިއާގެ އައު ވެރިކަމުގެ ބައިވެރިވުމާ އެކު ބޭއްވުނު ފުރަތަމަ އެހީ ހޯދުމުގެ ބައްދަލުވުމެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2025 | އަންގާރަ 05:33
ސީރިއާ އަށް އެހީ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ އިސްވެރިން އެކުގައި ފޮޓޯ އަކަށް ހުއްޓިލައިގެން

ސީރިއާ އަށް އެހީ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ އިސްވެރިން އެކުގައި ފޮޓޯ އަކަށް ހުއްޓިލައިގެން

ޔޫރަޕިއަން ޔޫނިއަން އިން، ސީރިއާ އަށް ބޮޑު އެހީތެރިކަމެއް ދިނުމަށް ނިންމައިފި އެވެ.

ބެލްޖިއަމްގެ ވެރި ރަށް، ބްރަސެލްސް ގައި ބޭއްވުނު ބައިނަލްއަޤުވާމީ އެހީގެ ޖަލްސާ ގައި ނިންމާފައި ވަނީ، ސީރިއާ އަށް 2.5 ބިލިއަން ޔޫރޯގެ އެހީތެރިކަން ދިނުމަށެވެ. 

އެހެން ނަމަވެސް، އެމެރިކާގެ އެހީތެރިކަން މަދުވުމާ އެކު، މިއަހަރުގެ ޖުމްލަ އެހީގެ އަދަދު މިދިޔަ އަހަރަށް ވުރެ ދަށް ވެދާނެ ކަމަށް ބެލެވެ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިޔާ އުރުސުލާ ވޮން ޑީ ލެޔެން ވިދާޅުވީ، ސީރިއާ ގައި ދިރިއުޅޭ މީހުންނާއި، އަވައްޓެރި ޤައުމުތަކުގައި ތިބި ސިރިއާގެ ރެފިއުޖީންނަށް އެހީތެރި ވުމަށް ޔޫރަޕިއަން ޔޫނިއަނުން އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖަރުމަނުވިލާތުން 330 މިލިއަން ޑޮލަރު އަދި އިނގިރޭސިވިލާތުން 210 މިލިއަން ޑޮލަރުގެ އެހީ ހުށަހަޅާފައިވެ އެވެ.

މިއީ ސީރިއާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓާލި ފަހުން، ސީރިއާގެ އައު ވެރިކަމުގެ ބައިވެރިވުމާ އެކު ބޭއްވުނު ފުރަތަމަ އެހީ ހޯދުމުގެ ބައްދަލުވުމެވެ.

ސީރިއާގެ ބަންޑާރަ ނައިބު އަސްއަދު އަލް-ޝައިބާނީ ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަނުން ދޭ އެހީތެރި ކަމަށް ޝުކުރުވެރިވާ ކަމަށާއި، ނަމަވެސް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށެވެ.

14 އަހަރުގެ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ސީރިއާ ގައި މިވަގުތު 16.7 މިލިއަން މީހުން އެހީ އަށް ބޭނުން ވެފައިވެ އެވެ.

އދ. އިން ބުނާ ގޮތުގައި މިހާރުގެ އިޤްތިޞާދީ ކުރިއެރުމުގެ މިންވަރުން، ހަނގުރާމަ ފެށުމުގެ ކުރީގެ އިޤްތިޞާދީ ފެންވަރަށް އާދެވޭނީ 50 އަހަރަށް ވުރެ ގިނަ ދުވަހުންނެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ ރައީސް މިރްޖާނާ ސްޕޮލްޖަރިކް ވިދާޅުވީ، މިވަގުތު ސީރިއާ އަށް އެހީތެރިކަން މަދު ކުރުމަކީ ބޮޑު ގޯހެއް ކަމަށާއި، މިލިއަނުން ގުނާ އަދަދަކަށް ސީރިއާގެ ރައްޔިތުން އިންސާނީ އެހީތެރިކަމަށް ބަރޯސާ ވެފައިވާ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންސީރިޔާއުރްސުލާ ވޮން ޑަރ ލެޔަންބައްޝާރު އަލް-އަސަދްއަސްއަދު އަލް-ޝައިބާނީބައިނަލްއަޤުވާމީ އެހީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
21 އޮކްޓޯބަރު 2025

ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

21 އޮކްޓޯބަރު 2025
ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް
15 އޮކްޓޯބަރު 2025

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

15 އޮކްޓޯބަރު 2025
ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ
05 އޮކްޓޯބަރު 2025

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި
30 ސެޕްޓެމްބަރު 2025

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

30 ސެޕްޓެމްބަރު 2025
މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު
22 ސެޕްޓެމްބަރު 2025

60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ

22 ސެޕްޓެމްބަރު 2025
60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް