Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބައްޝާރް އަލް-އަސަދު

ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

ސޫރިއާ ގެ ކުރީގެ ރައީސް އާއި އިތުރު ބަޔަކު ހައްޔަރު ކުރުމަށް އަމުރުު ނެރުނީ ބޮމެެއް ގޮއްވާލައިގެން ދެ ނޫސްވެރިން މަރުވި ހާދިސާ އަކާ ގުޅިގެންނެވެ. އެހެން ނަމަވެސް އަލް-އަސަދު ހުންނެވި ތަނެއް ސީދާ ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 01:37
ސޫރިޔާ ގެ ވެރިކަމުން ދުރުކޮށްފައިވާ ލީޑަރު ބައްޝާރު އަލް-އަސަދު

ސޫރިޔާ ގެ ވެރިކަމުން ދުރުކޮށްފައިވާ ލީޑަރު ބައްޝާރު އަލް-އަސަދު

ސޫރިޔާ ގައި 2012 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ސިޓީ އެއް ގައި ދެ ނޫސްވެރިން މަރާލި ހާދިސާ އާ ގުޅިގެން، ވެރިކަމުން ވައްޓާލި ސޫރިއާގެ ރައީސް ބައްޝާރު އަލް-އަސަދާއި އިތުރު 6 އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުގެ ކޯޓަކުން ނެރެފި ކަމަށް ވަކީލުން އަންގާރަ ދުވަހު ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ދަ ސަންޑޭ ޓައިމްސް އަށް މަސައްކަތް ކުރި 56 އަހަރުގެ އެމެރިކާ ނޫސްވެރިޔާ މެރީ ކޮލްވިން އާއި 28 އަހަރުގެ ފްރާންސް ފޮޓޯގްރާފަރު ރެމީ އޮޗްލިކް، 2012 ފެބްރުއަރީ 22 ވަނަ ދުވަހު އިރުމަތީ ސިޓީ ހޮމްސް ގައި ބޮމެއް ގޮއްވާލައިގެން ވަނީ މަރުވެފައެވެ. މިއީ އިންސާނިއްޔަތާ ދެކޮޅު ކުށެއްގެ ގޮތުގައި އަދި ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ފްރާންސްގެ ޝަރުޢީ ނިޒާމުން ތަޙުޤީޤު ކުރަމުންދާ މައްސަލައެކެވެ.

އެ ދެ ނޫސްވެރިން މަސައްކަތް ކުރަމުން ދިޔަ މަރުކަޒަށް ދިން ހަމަލާގައި އިނގިރޭސި ފޮޓޯގްރާފަރު ޕޯލް ކޮންރޯއި، ފްރާންސް ރިޕޯޓަރު އެޑިތް ބޫވިއަރ އަދި ސީރިއާގެ ތަރުޖަމާނު ވާއިލް އުމަރު ޒަޚަމްވިއެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު އިދިކޮޅު ފަރާތްތަކުން ވެރިކަން ވައްޓާލުމަށްފަހު އަލް-އަސަދު އޭނާގެ އާއިލާއާއެކު ފިއްލަވައިގެން ރަޝިޔާ އަށް ވަނީ ވަޑައިގެންފައެވެ. ނަމަވެސް އޭނާ ހުންނެވި ތަނެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އަލް-އަސަދުގެ އިތުރުން، މި އަމުރު ޚާއްޞަކޮށް އަމާޒު ކުރެވިފައި ވަނީ އެ ދުވަސްވަރު ސޫރިއާގެ 4 ވަނަ އާމަރޑް ޑިވިޜަންގެ ޑީ ފެކްޓޯ އިސްވެރިޔާގެ ގޮތުގައި ހުރި ކުރީގެ ރައީސް ގެ ކޮއްކޮ މާހިރު އަލް-އަސަދު، އިންޓެލިޖެންސް ވެރިޔާ އަލީ މަމްލޫކް، އަދި އޭރުގެ އާމީ ޗީފް އޮފް ސްޓާފް އަލީ އައްޔޫބް އަށެވެ.

ބައްޝާރު އަލް-އަސަދްސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު