Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ-ރަޝިޔާ

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

ސީރިއާ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަ ކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ސީރިއާގެ ކުރީގެ ރައީސް އަލް އައްސަދު އެ ޤައުމާ ހަވާލު ކުރެއްވުމަށް ވެސް، އަލް ޝަރާ ރަޝިޔާގެ ކިބައިން އެދޭނެ.

ސީރިއާގެ ރައީސް އަލްޝަރާއު ރަޝިޔާގެ ރައީސް ޕުޓިންއާއެކު ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ ކަންކަމާމެދު މަޝްވަރާކުރެއްވުމަށް ރަސްމީ ދަތުރެއް ފައްޓަވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 10:57
މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގައި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ފްލައިޓުން ފައިބައި ވަޑައިގަންނަވަނީ

މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގައި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ފްލައިޓުން ފައިބައި ވަޑައިގަންނަވަނީ

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ، ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާ އަށް ވަޑައިގެންފި އެވެ.

ސީރިއާގެ ސަރުކާރުގެ ނޫސް އެޖެންސީ ސަނާ އިން ހާމަ ކޮށްފައިވާ ގޮތުގައި، އަލް ޝަރާ ރަޝިޔާ އަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސީރިއާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބައްޝާރު އަލް އައްސަދު ވެރި ކަމުން ވައްޓާލުމަށް ފަހު ވެރިކަމާ ހަވާލުވި ފަހުން، އަލް ޝަރާ ރަޝިޔާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ވެރިކަމުން ވައްޓާލުމާ އެކު، އަލް އައްސަދު ވަނީ ސީރިއާ ދޫކޮށް ވަޑައިގެންފަ އެވެ. އެއަށް ފަހު އޭނާ ދިރި އުޅުއްވަމުން އަންނަނީ ރަޝިޔާގަ އެވެ. އޭގެ ފަހުން ގާތް ގަނޑަކަށް އެއް އަހަރު ވާން ކައިިރިވެފައި ވާއިރު، މި ފާއިތުވި މުއްދަތުގައި އަލް އައްސަދު އަމިއްލަ ޤައުމަށް ވަޑައިގެންފަ އެއް ނުވެ އެވެ.

ރަޝިޔާ ގެ ވެރިރަށް މޮސްކޯ އަށް އަލް ޝަރާ ވަޑައިގެންފައި ވާއިރު، މި ދަތުރުފުޅުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވާނެ ކަަމަށް ވަނީ ބުނެފަ އެވެ. އަދި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާއި، ދެ ގައުމަށް ވެސް މުހިންމު ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސީރިއާ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަ ކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ސީރިއާގެ ކުރީގެ ރައީސް އަލް އައްސަދު އެ ގައުމާ ހަވާލު ކުރެއްވުމަށް ވެސް، އަލް ޝަރާ ރަޝިޔާގެ ކިބައިން އެދޭނެ އެވެ. ނަމަވެސް، އޮފިޝަލު ވަނީ އޭނާގެ ނަން ހާމަ ނުކުރުމަށް އެދިފަ އެވެ.

އޭއެފްޕީ އަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ، އަލް އައްސަދު އަނބުރާ ހަވާލު ކުރެއްވުމަށް އަލް ޝަރާ އެދިވަޑައިގަންނަވާނީ ސީދާ ރަޝިޔާގެ ރައީސް ޕުޓިންގެ އަރިހުންނެވެ. ޚާއްސަކޮށް އަލް އައްސަދަކީ ހަނގުރާމައިގެ ކުށްތަކެއް ކޮށްފައިވާ މީހެއް ކަމަށް ތުހުމަތު ކުރެވިފައި ވާއިރު، އޭނާ އާއި ރަޝިޔާ ގައި ތިބި އަލް އައްސަދާ ގުޅުން އޮންނަ އެހެން މީހުން ވެސް ހަވާލު ކުރުމަށް އަލް ޝަރާ އެދިވަޑައިގަންނަވާނެ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

ރަޝިޔާގެ ހިމާޔަތް ހޯއްދަވައިގެން އަލް އައްސަދު އުޅުއްވަމުން އަންނައިރު، އޭނާ ހައްޔަރު ކުރުމާއި، ޝަރީއަތުގެ ކުރި މައްޗަށް ގެނައުމަށް އަލް ޝަރާގެ ސަރުކާރުން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ސީރިއާ-ރަޝިޔާސީރިއާ ހަނގުރާމަރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއަހްމަދު އައް-ޝަރާއުބައްޝާރު އަލް-އަސަދް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު