Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގުރޫޕުގެ ދެ ވަނައިގައި ދިއްދޫ ދެ ވަނަ ބުރަށް

ދިއްދޫ އަށް މި ގުރޫޕުގެ ދެ ވަނަ ލިބެނީ އެ ޓީމު ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދިއްދޫ އަތުން ބަލިވި ފަރެސްމާތޮޑާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި މި ގުރޫޕުގެ ފުލުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޑިސެމްބަރު 2024 | އާދީއްތަ 04:27
މެޗުގައި ލަނޑު ޖެހުމަށްފަަހު ދިއްދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަަހު ދިއްދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު އޭގެ ދެ ވަނަ ޓީމުގެ ގޮތުގައި ހއ.ދިއްދޫ މުބާރާތުން ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗުަގައި ހޮނިހިރު ދުވަހުގެ ރޭ ގދ.ފަރެސްމާތޮޑާއާ ދެކޮޅަަށް ކުޅުނު މެޗު ދިއްދޫ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ފަރެސްމާތޮޑާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ދިއްދޫ އިން ވަނީ ފަހަތުން އަރައި މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ފަރެސްމާތޮޑާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޢަބްދުއް ލަތީފް އެވެ. އޭނާ އެ ލަނޑު ޖެހީ ފަރެސްމާތޮޑާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ލަނޑެއް ޖަހައި ފަރެސްމާތޮޑާ އަށް ލީޑު ފުޅާ ކޮށްދިނީ ޝައިސުﷲ އަޝްރަފް އެވެ.

މެޗުގައި ދިއްދޫ އިން އެ ޓީމުގެ ލަނޑުތައް ޖެހީ ފަހު ވަގުތުގަ އެވެ. ދިއްދޫގެ ފުރަތަމަ ލަނޑު ހައިސަމް ރަޝީދު ޖެހިއިރު، ދިއްދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ވެސް ހައިސަމް އެވެ. މެޗުގައި ދިއްދޫ އަށް ލީޑު ލިބުނީ އާދަމް ނަސީމް ޖެހި ލަނޑުންނެވެ. އަދި މެޗުގައި ދިއްދޫގެ ހަތަރު ވަނަ ލަނޑު ޖެހީ ހައިސަމް އެވެ. ދިއްދޫ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހައިސަމް ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ.

ދިއްދޫ އަށް މި ގުރޫޕުގެ ދެ ވަނަ ލިބެނީ އެ ޓީމު ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދިއްދޫ އަތުން ބަލިވި ފަރެސްމާތޮޑާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި މި ގުރޫޕުގެ ފުލުގަ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު