Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ކުޑަހުވަދޫ ބަލިކޮށް، މީދޫ ދެ ވަނަ ބުރަށް

މޮޅާއެކު މީދޫ ދެ ވަނަ ބުރުގެ ޖާގަ ހޯދީ ގުރޫޕު އޭގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕުގައި ކުޅުނު ހަތަރު މެޗުން މީދޫ އަށް ލިބެނީ ހަތް ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޑިސެމްބަރު 2024 | އާދީއްތަ 01:41
މެޗުގައި ލަނޑު ޖެހުމަށްފަަހު މީދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަަހު މީދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ދ.ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދައި، ދ.މީދޫ އިން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މީދޫ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މީދޫ އިންނެވެ. މެޗުގައި ދެ ޓީމުން ވސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

އެގޮތުން މެޗުގެ ދެ ވަނަ ހާފުގައި މީދޫ އަށް ލީޑު ނަގައިދިނީ މުޒުދާން ޙަސަން އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މީދޫ އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ މެޗުގެ 82 ވަނަ މިނެޓުގައި އިބްރާހީމް އިމްރާން ޖެހި ލަނޑެވެ. މެޗުގައި ކުޑަހުވަދޫގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ މެޗުގެ 90 ވަނަ މިނެޓުގަ އެވެ. އެއީ މުޙައްމަދު ޔާމީން ޖަހައިދިން ލަނޑެކެވެ.

މޮޅާއެކު މީދޫ ދެ ވަނަ ބުރުގެ ޖާގަ ހޯދީ ގުރޫޕު އޭގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕުގައި ކުޅުނު ހަތަރު މެޗުން މީދޫ އަށް ލިބެނީ ހަތް ޕޮއިންޓެވެ. މީދޫ އަތުން ބަލިވި ކުޑަހުވަދޫ ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގެ އެއް ވަނައިގައި ފުވައްމުލައް ސިޓީ ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު