Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލުން ބޮން އަޅާ ނުސީރާތުގައި މަދުވެގެން 20 ފަލަސްތީނުން މީހުން ޝަހީދު ކޮށްލައިފި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 44,612 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވެއެވެ.

ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 05:43
އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ރޯވެފައިވާ އިމާރަތެއްގެ އަލިފާން ނިއްވުމަށް އާންމުން މަސައްކަތް ކުރަނީ

އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ރޯވެފައިވާ އިމާރަތެއްގެ އަލިފާން ނިއްވުމަށް އާންމުން މަސައްކަތް ކުރަނީ

ހުކުރު ދުވަހުގެ ރޭ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ބޮން އަޅާ 6 ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 20 ފަލަސްތީނުން މީހުން ޝަހީދުވެއްޖެ ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފިއެވެ.

ވަފާގެ ނޫސްވެރިޔާ ހާމަ ކުރި ގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން 6 ކުޑަކުދިންގެ އިތުރުން 5 އަންހެނުންވެސް ޝަހީދުވިއެވެ. ކައިރީގައި ހުރި ގެތަކުން އިތުރު ބަޔަކަށް އަނިޔާވި ކަމަށް ވެސް ބުނެފައިވެއެވެ.

މަރުވި މީހުންގެ ހަށިތައް ދީރުލް ބަލާހުގެ އަލް-އަޤްސާ ޝަހީދުންގެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އެހެން ހާދިސާއެއްގައި، ނުސީރާތުގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ޓެންޓުތަކަށް އިސްރާއީލުން އާޓިލަރީން ހަމަލާދިނުމުގެ ސަބަބުން ކުޑަ އަންހެން ކުއްޖަކު މަރުވެފައިވެއެވެ.

އަދި ހަމައެއާއެކު، އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ހަމަލާދިނުން ކުރިއަށް ގެންދިޔައިރު، ހުކުރު ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގައި މަރުވި މީހުންގެ އަދަދު 63 އަށް އަރާފައިވާ ކަމަށް ސިއްޙީ މަސްދަރުތަކުން ބުނެފިއެވެ..

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 44,612 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވެއެވެ. އަދި 105,834 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެމަރޖެންސީ އަދި ސިވިލް ޑިފެންސް ޓީމުތަކަށް ވާސިލު ވެވޭނެ ގޮތެއް ނެތި އެތައް ހާސް މީހުންގެ ހަށިތައް ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވާ ކަމަށް ބެލެވެއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އަދި ބައިނަލްއަޤްވާމީ ކޯޓުން ޣައްޒާގައި ނަސްލު ނައްތާލުމަށް ހިންގާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި ނާޒުކު އިންސާނީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އަންގާފައިވީ ނަމަވެސް، އިސްރާއީލުން އެ ކަންކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ނަސްލު ނައްތާލުމުގެ ހަމަލާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ފާއިތުވެފައެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުންފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު