Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ފަހު މެޗުގައި ފުވައްމުލަކުން ފަރެސްމާތޮޑާ ވެސް ބަލިކޮށްފި

މޮޅާއެކު ފުވައްމުލައް އޮތީ ގުރޫޕު އޭގެ އެއް ވަނައިގަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޑިސެމްބަރު 2024 | ބުރާސްފަތި 04:52
މެޗުގައި ލަނޑު ޖެހުމަށްފަހު ފުވައްމުލައް ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފުވައްމުލައް ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު އޭގެ ފަހު މެޗުގައި ފަރެސްމާތޮޑާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ފުވައްމުލައް ސިޓީން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ފަރެސްމާތޮޑާއާ ދެކޮޅަށް ނިކުތްއިރު ވެސް ފުވައްމުލަކަށް ވަނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވެފަ އެވެ. މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ފުވައްމުލަކުން ފަރެސްމާތޮޑާގެ މައްޗަށް ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ފަރެސްމާތޮޑާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުވައްމުލަކުގެ ލަނޑުތައް ޖެހީ އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ކޯފީ އޮވޫސާ އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ކުޅެފައިވާ ކޯފީ އަންނަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ވެސް ހަމަކޮށްފަ އެވެ. މެޗުގައި ފުވައްމުލަކުގެ މުޙައްމަދު އިޔާޝް އަޙުމަދު ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި ފުވައްމުލަކުގެ އަނެއް ލަނޑަކީ ފަރެސްމާތޮޑާ ކުޅުންތެރިޔެއްގެ ބައި ކޮޅަށް ވަތް ލަނޑެވެ.

މޮޅާއެކު ފުވައްމުލައް އޮތީ ގުރޫޕު އޭގެ އެއް ވަނައިގަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ހއ.ދިއްދޫ އަށް ލިބެނީ ތިން ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ދ.މީދޫ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ހަތަރު ވަނައިގައި ދ.ކުޑަހުވަދޫ އޮތްއިރު، މި ގުރޫޕުގެ ފުލުގައި އޮތީ ފަރެސްމާތޮޑާ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު