Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގުރޫޕުގެ ތިން ވަނައިގައި މާފުށި ދެ ވަނަ ބުރަށް

މާފުށިން ދެ ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ ގުރޫޕުގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޑިސެމްބަރު 2024 | ބުރާސްފަތި 04:51
މާފުއްޓާއި އަލިފުށި ކުޅުނު މެޗުގެ ތެރެއިން

މާފުއްޓާއި އަލިފުށި ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރ.އަލިފުއްޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކ.މާފުށިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ގުރޫޕު ޑީ ގައި ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާފުށިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ މެޗާ ކުރިމަތިލީއިރު ވެސް އަލިފުއްޓަށް ވަނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވެފަ އެވެ. އޭގެ އިތުރުން ޅ.ނައިފަރަށް ވެސް ވަނީ މި ގުރޫޕުން ދެ ވަނަ ބުރުގެ ޖާގަ ލިބިފަ އެވެ.

މެޗުގައި މާފުށިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި މާފުއްޓަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ އިސްމާއީލް ނަޒީހު އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އިބްރާހިމް އަތީޤު އެވެ. މާފުށިން އެ ލަނޑު ޖެހީ އަލިފުށީގެ ގޯލު ކީޕަރަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅައަކުންނެވެ. މެޗުގައި އަލިފުށިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތުތަކެއް ތަނަަވަސްކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް އެ ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މި ނަތީޖާ އާއެކު މާފުށިން ދެ ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ ގުރޫޕުގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. އެއް ވަނަ އަލިފުއްޓަށް ލިބެނީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނައިފަރަށް ވެސް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު