Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދު ވެއްޖެ

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ބާރުތަކުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 44،502ށް އަރާފައެވެ. އޭގެ އިތުރުން އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 105،454ށް އަރާފައެވެ.

ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2024 | ބުދަ 07:51
ފަލަސްތީނުގެ އާއިލާ އެއް ހިތާމައިގައި

ފަލަސްތީނުގެ އާއިލާ އެއް ހިތާމައިގައި

ބުދަ ދުވަހުގެ ފަތިހު ޣައްޒާ ސްޓްރިޕްގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުގެ ބާރުތަކުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެތައް އާންމު ރައްޔިތުންނެއް ޝަހީދުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި ހުންނަ ދީރުލް-ބަލާޙް އަދި އަލް-ބުރެއިޖް ކޭމްޕްގައި ހުރި ގެދޮރު ގެއްލިފައިވާ މީހުން ތިބޭ ސްކޫލަކަށް ޔަހޫދީ ސިފައިންގެ ބާރުތަކުން ދިން ވަރު ގަދަ ހަމަލާތަކުގައި ތިން ފަލަސްޠީނު މީހުން މަރުވެ އަދި އިތުރު މީހުން ޒަޚަމްވެފައިވެއެވެ.

އަލް-ބުރެއިޖް ކޭމްޕްގައި ހުރި އަބޫ ހަމީސާ ސްކޫލަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާގެ ސަބަބުން 15 ޓެންޓުގައި ރޯވެ ވަރަށް ބޮޑަށް އަލިފާނުގެ ގެއްލުން ލިބުނެވެ.

އޭގެ އިތުރުން އިޒްރޭލު ސިފައިން އާޓިލަރީން ޣައްޒާ ސިޓީގެ ތާލް އަލް-ހަވާ އަދި އަލް-ސަބްރާ ސަރަޙައްދުތަކުގައި ހުރި ރައްޔިތުންގެ ގެތަކަށް ބޮމުގެ ހަމަލާ ދިނެވެ. އަދި އޮކިއުޕޭޝަން ބާރުތަކުގެ ހަނގުރާމަ ވެރި މަތިންދާބޯޓުތަކުން ސްޓްރިޕްގެ އުތުރު ސަރަޙައްދުތަކަށް އަމާޒުކޮށް ހަމަލާ ދިނެވެ.

އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ބައިތު ލަހިޔާއަށް، ޚާއްޞަކޮށް އަބޫ ތަމާމް ސްކޫލާއި ކަމާލް އަދްވާން ހޮސްޕިޓަލް ކައިރި ސަރަޙައްދުތަކަށް ބޮމުގެ ހަމަލާ ތައް ވަނީ ދީފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ބާރުތަކުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 44،502ށް އަރާފައެވެ. އޭގެ އިތުރުން އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 105،454ށް އަރާފައެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު