Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ކެންދޫގެ މައްޗަށް ކުރި ހޯދައި، ނައިފަރު ދެ ވަނަ ބުރަށް

މޮޅާއެކު ނައިފަރުން ދެ ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ތިން މެޗުން ނައިފަރަށް ލިބެނީ ހަ ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2024 | ބުދަ 04:17
މެޗުގައި ލަނޑު ޖެހުމަށްފަހު ނައިފަރުގެ އިމްރާން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ނައިފަރުގެ އިމްރާން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ބ.ކެންދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޅ.ނައިފަރުން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގުރޫޕު ޑީ ގައި އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނައިފަރުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ކެންދޫ އިންނެވެ. ނަމަވެސް ނައިފަރުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ކެންދޫ އިން ވަނީ ނައިފަރު ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޖަހައި ކެންދޫ އަށް ކުރި ހޯދައިދިނީ މަލްސޫން ޔާމީން އެވެ. އޭނާ ފޮނުވާލި ބޯޅަ މަތަކުރުމަށް ނައިފަރުގެ ކީޕަރު މަސައްކަތް ކުރ ވަގުތު، ބޯޅަ ގޯލަށް ވަނީ އޭނާގެ އަތް ދަށުންނެވެ.

ނަމަވެސް މެޗުގެ 19 ވަނަ މިނެޓުގައި ނައިފަރުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ އިމްރާން މުޙައްމަދު ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އިމްރާން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި، މެޗުން ނައިފަރު މޮޅު ކޮށްދީފަ އެވެ. މެޗުގައި ނައިފަރުގެ އިތުރުން ކެންދޫ އަށް ވެސް ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މޮޅާއެކު ނައިފަރުން ދެ ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ތިން މެޗުން ނައިފަރަށް ލިބެނީ ހަ ޕޮއިންޓެވެ. އެއް ވަނައިގައި އޮތް ރ.އަލިފުއްޓަށް ހަ ޕޮއިންޓު ލިބެނީ ދެ މެޗު ކުޅެގްނެނެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި އަލިފުށި ނިކުންނާނީ މާފުއްޓާ ދެކޮޅަށެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު