Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގުރައިދޫ އާއި ކުރެންދޫ ވެސް ދެ ވަނަ ބުރަށް

މެޗުން މޮޅުވެ ކުރެންދޫ އިން މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، ގުރައިދޫ އަށް ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގަ ލިބިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2024 | ބުދަ 04:16
ގުރައިދޫ އާއި ކުރެންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން

ގުރައިދޫ އާއި ކުރެންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސީގެ ފަހު މެޗުގައި ކ.ގުރައިދޫއާ ދެކޮޅަށް ކުޅުނު މެޗުން ޅ.ކުރެންދޫ މޮޅުވެއްޖެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ކުރެންދޫ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ކުރެންދޫ އިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ކުރެންދޫއާ ދެކޮޅަށް ނިކުތްއިރު ވެސް، ގުރައިދޫ އަށް ދެ ވަނަ ބުރުން އޮތީ ޖާގަ ލިބިފަ އެވެ.

މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގައި ގުރައިދޫ އިން ލަނޑު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެެއް ނުވި އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ކުރެންދޫ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޑީ ބާޓް އެވެ. ކުރެންދޫ އިން ލީޑު ނެގި ފަހުން ވެސް ގުރައިދޫން އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

މެޗުން މޮޅުވެ ކުރެންދޫ އިން މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، ގުރައިދޫ އަށް ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގަ ލިބިފަ އެވެ. ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން ދެ ޓީމަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ގުރައިދޫ އަށް ދެ ވަނަ ލިބޭއިރު ކުރެންދޫ އަށް ލިބެނީ ތިން ވަނަ އެވެ. ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ކ.ހުރާ އެވެ. މި ގުރޫޕުގެ އެއް ވަަނައިގައި ދެ ވަނަ ބުރުން ޖާގަ ހޯދީ އައްޑޫ ސިޓީ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު