Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އަށް ހަމަލާ ދިނުން ހުއްޓުމެއް ނެތް، ފަތަހް އާއި ހަމާސް ބައްދަލު ކޮށްފި

މަނާ ކޮށްފައިވާ ހަތިޔާރު ޣައްޒާގައި ބޭނުން ކުރަމުންދާ ކަމަށް ޣައްޒާގެ އިސް މެޑިކަލް އޮފިޝަލަކު ވަނީ ތުހުމަތު ކޮށްފައި

ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2024 | ހޯމަ 09:57
އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ހަށިގަނޑު އަތްދަނޑިމަތީގައި އުފުލަނީ

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ހަށިގަނޑު އަތްދަނޑިމަތީގައި އުފުލަނީ

އާދިއްތަ ދުވަހާއި ހޯމަވިލޭރޭ ވެސް އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ވަނީ ބޮން އަޅާފައެވެ. މިގޮތުން އުތުރުގައިވާ ޖަބާލިޔާ އަދި ދެކުނުގައިވާ އަބަސާން އަލް-ކަބީރާއަށް އިޒްރޭލުން ވަނީ ހަމަލާދީފައި ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

އަނެއްކޮޅުން ރަފަހް ބޯޑަރު ކްރޮސިންގ އަލުން ހުޅުވުމާ ބެހޭ ގޮތުން މިސުރުން ހުށަހަޅާފައިވާ ހުށަހެޅުމަކަށް މަޝްވަރާ ކުރުމަށް ފަލަސްތިނުގެ ވާދަވެރި މައި ދެ ސިޔާސީ ގްރޫޕް ކަމުގައިވާ ފަތަހް އާއި ހަމާސް އިން ކައިރޯގައި ބައްދަލު ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އަހަރަކަށް ވުރެ ދިގުލީ ހަމަލާތަކުގައި ޣައްޒާ ގާތްގަނޑަކަށް މުޅިންހެން ވަނީ ވީރާނާވެފައެވެ. ޣައްޒާގެ 87 އިން ސައްތަ ހައުސިންގ ޔުނިޓް ވަނީ ފުނޑުފުނޑުވެފައެވެ. 80 އިން ސައްތަ ކޮމާޝަލް ފެސިލިޓީސް ވަނީ ސުންނާފަތިވެފައެވެ. 68 އިން ސައްތަ ދަނޑުބިންތައް ވަނީ ހަލާކުކޮށްލާފައެވެ. ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން ކޮންމެވެސް މިންވަރަކަށް ޚިދުމަތް ދެނީ 17 ހޮސްޕިޓަލުގައެވެ. ޣައްޒާގެ 87 އިން ސައްތަ ސްކޫލް ވަނީ ހަލާކު ވެފައެވެ. އޭގެ އިތުރުން މަގުތަކުގެ 68 އިން ސައްތަ ވަނީ ހަލާކުވެފައެވެ.

ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ މުޅި އިންފްރާސްޓްރަކްޗަރ ހަލާކު ވަމުންދާއިރު، ބައިނަލްއަގްވާމީ ގޮތުން ބޭނުންކުރުން މަނާ ކޮށްފައިވާ ހަތިޔާރު ޣައްޒާގައި ބޭނުން ކުރަމުންދާ ކަމަށް ޣައްޒާގެ އިސް މެޑިކަލް އޮފިޝަލަކު ތުހުމަތު ކޮށްފިއެވެ. އެ ހަތިޔާރުތަކުގެ ސަބަބުން އިންސާނުންގެ ހަށިތައް ވިރިގެން ދާ ކަމަށް އޮފިޝަލް ވަނީ ހާމަ ކޮށްފައެވެ. މީގެ ކުރިންވެސް މިފަދަ ތުހުމަތުތައް އިޒްރޭލަށް ވަނީ ކުރެވިފައެވެ.

އެހީގެ ގާފިލާ ތަކަށް ފުލުފުލުގައި ހަމަލާ ދެމުންދާތީ، އިޒްރޭލު ހުރަސްކޮށް ޣައްޒާ އަށް އެހީ ފޯރުކޮށްދޭ އަބޫ ސާލިމް މަގުން އެހީ ފޮނުވުން ހުއްޓާލާފައިވާ ކަމަށް ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީ (އަންރުވާ) އިން ވަނީ ހާމަ ކޮށްފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ފޮހެލުމުގެ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 44،429 ފަލަސްތީނުން މަރުވެފައިވާއިރު 105،250 މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު